twitterviber whatsapp telegramfacebookyoutube instagram
24th August 2019

“ސްކޭން އެންޑް ވިން” ގެ ނަމުގައި ދިރާގުން ޕްރޮމޯޝަންއެއް ފަށައިފި

Jul 5, 2011

“ސްކޭން އެންޑް ވިން” ގެ ނަމުގައި ދިރާގުން ޕްރޮމޯޝަންއެއް ހިންގަންފަށައިފިއެވެ.

ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުންއަންނަ ދިރާގުން މިޕްރޮމޯޝަން ހިންގުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ ނިޔަލަށެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި މީގެފަހުން ދިރާގުގެ އިޝްތިހާރުތަކުގައި “ކްއިކް ރެސްޕޯންސް ކޯޑް” ނުވަތަ ކިއު.އާރު ކޯޑެއް އިންނާނެއެވެ. ކަސްޓަމަރުން ޖެހޭނީ މިކޯޑު ފޯނުގެ ކެމެރާއިން ސްކޭން ކޮށްލާށެވެ. މިގޮތަށް ކިއުއާރު ކޯޑް ސްކޭން ކުރުމަށްޓަކައި ކިއުއާރު ކޯޑް ރީޑަރއެއް ފޯނަށް ޑައުންލޯޑް ކުރަންޖެހެއެވެ. ކިއުއާރު ކޯޑް ރީޑަރ ޑައުންލޯޑް ކުރުމަށް “QR” ޖައްސަވާފައި 334 އަކަށް އެސްއެމްއެސް އެއް ފޮނުވާލުމުން ކޯޑް ރީޑަރ ޑައުންލޯޑް ކުރެވޭނެއެވެ. އަދި ކޯޑް ރީޑަރ އިންސްޓޯލް ކުރުމަށްފަހު، ދިރާގުގެ އިޝްތިހާރު ތަކުގައި ހުންނަ ކިއުއާރު ކޯޑާ ދިމާއަށް ފޯނުގެ ކެމެރާ ދިމާކުރުމުން، އޮޓަމެޓިކުން ކޯޑް ރީޑް ކުރުމާއެކު ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް އައިޕެޑް 2 އެއް، ދެވަނައަށް ހޮވޭ ފަރާތަކަށް އައިފޯން 4 އެއް، އަދި ތިންވަނަ ފަރާތަކަށް އައިޕޮޑް ނެނޯއެއް ލިބޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުގެ މާކެޓިންގ، ކޮމިއުނިކޭޝަން، އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު މިރުޝާން ވިދާޅުވީ ދިރާގުން އަބަދުވެސް އުފެއްދުންތެރި ޚިޔާލުތަކަށާއި ކަސްޓަމަރުން ކަންކަމުގައި ބައިވެރިކުރުމަށް އިސްކަންދެއެވެ. އަދި ކިއުއާރު ކޯޑަކީ ވަރަށް ގިނަ މާކެޓްތަކުގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ އެއްޗެއް ކަމަށާއި ދިރާގުން ފުރަތަމަ ކިއުއާރު ކޯޑް ފުރަތަމަ “ސްކޭން އެންޑް ވިން” ޕްރޮމޯޝަންގެ ތެރެއިން ކަމަށެވެ. އަދި މިއީ ކަސްޓަމަރުންނަށް ކަމުދާނެ އަދި ހިތްހަމަޖެހޭނެ ކަމެއްކަމަށް އުއްމީދު ކުރައްވާ ކަމުގައި މިރުޝާން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355