twitterviber whatsapp telegramfacebookyoutube instagram
16th July 2019

އައިޕީއޯގައި ހުޅުވާލި ދިރާގުގެ ހިއްސާގެ ތެރެއިން 41 އިންސައްތަ ހިއްސާ ވިކިފައިވޭ: ދިރާގު

Dec 22, 2011

.

ދިރާގުގެ ހިއްސާ ވިއްކަން ހުޅުވާލި މުއްދަތުގެ ތެރެގައި، 41 އިންސައްތަ ހިއްސާ ވިކިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ހިއްސާ ވިއްކަން ހުޅުވާލި ފުރުސަތުގައި ވިކިފައިވަނީ 376،944،800 ރުފިޔާގެ ހިއްސާ އެވެ. މިއީ ވިކުނު ހިއްސާގެ އަދަދަށާއި ހިއްސާ ވިއްކައިގެން ލިބުނު ޖުމްލަ ފައިސާގެ އަދަދަށް ބަލާއިރު ރާއްޖޭގެ ހިއްސާގެ ތާރީހުގައި އެންމެ ކާމިޔާބު އައިޕީއޯ (އިނީޝަލް ޕަބްލިކް އޮފަރިން) ކަމަށް ދިރާގުން ފާހަގަ ކުރެއެވެ.

ހިއްސާ ގަނެފައިވާ ފަރާތްތަކަށް ހިއްސާގެ އެކައުންޓް ހުޅުވުމަށް، މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓްރީ އަށް ހިއްސާ ގަތުމަށް އެދި ހުށަހަޅާފައިވާ ފޯމުތައް މިހާރުވަނީ ދިރާގުން ފޮނުވާފައެވެ. އަދި އެކައުންޓް ހުޅުވުމަށްފަހު ހިއްސާގެ ބާޒާރުގައި ދިރާގުގެ ހިއްސާ ގަނެވިއްކަން ފެށޭނެ ތާރީހެއް އިއުލާނު ކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355