twitterviber whatsapp telegramfacebookyoutube instagram
19th September 2019

އެއް ލާރިއަށް އެސްއެމްއެސް ކުރެވޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

Jan 2, 2012

.

އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ދިރާގު ކަސްޓަމަރުންނަށް “އެސް.އެމް.އެސް އެޓް ވަން ލާރި” ގެ ނަމުގައި ދިރާގުން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ކަސްޓަމަރުން އެސް.އެމް.އެސް ކުރުމަށް ދުވާލަކު 2 ރުފިޔާ ހަރަދު ކުރެއްވުމުން، އެދުވަހަކު ދެން ދިރާގު ނަންބަރުތަކަށް ކުރައްވާ ކޮންމެ އެސް.އެމް،އެސް އަކަށް ޗާރޖް ކުރަނީ 1 ލާރީގެ ރޭޓުންނެވެ. އަދި އެހެނިހެން އޮޕަރޭޓަރ ނަންބަރު ތަކަށް ކުރައްވާ އެސް.އެމް.އެސް ތަކަށް ޗާރޖް ކުރެވެނީ 2.5 ލާރީގެ ރޭޓުންނެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ހަރަދު ކުރާ 2 ރުފިޔާގެ ތެރޭގައި ހިމެނޭނީ ހަމައެކަނި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާ ލޯކަލް އެސް.އެމް.އެސް އެވެ. އަދި ޕްރިމިއަމް އެސް.އެމް.އެސް އާއި އިންޓަނޭޝަނަލް އެސް.އެމް.އެސް ނުހިމެނޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 8 ޖެނުއަރީ 2012 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355