twitterviber whatsapp telegramfacebookyoutube instagram
19th September 2019

ދިރާގު މަލްޓިޕްލް މައިޓޯން ޚިދުމަތަށް ބޮޑު ތަރުހީބެއް

Feb 2, 2012

.

ބަދުރުއްދީން ހަސަން

ދާދި މިދާކަށް ދުވަހު އޮފީހުގައި އިނދެފައި، މުހިއްމު ކަމެއް ދިމާވެގެން ސަރުކާރު ސްޓޭޓް މިނިސްޓަރެއްގެ ނަންބަރަށް ގުޅާލީމެވެ. ނަންބަރަށް ޑައިލް ކޮށްލުމާއެކު އިވިގެން ދިޔައީ “ތީއޭ މިހިތުގެ ވިންދަކީ” ލަވައެވެ. އެދުވަހު ހިތަށް އެރިއެވެ. ތިމާގެ ލޯބިވެރިޔާ ގުޅާއިރު އިއްވަން ލައިފައި އިން ރާގު ގުޅާ ކޮންމެ މީހަކަށްވެސް އިވޭނެތާއެވެ. ތިމާގެ ލޯބިވެރިޔާއަށް ހަދިޔާކޮށްފައި އޮތް ލަވަ އެހެން މީހުން ގުޅާލުމުން އިވުން އެއީ ރަނގަޅު ގޮތްބާއެވެ؟ ދިރާގު މައިޓޯންސްގެ ހިދުމަތް އެންމެންގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައިވާ އިރު، އެ ހިދުމަތް ބޭނުން ކުރުމަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭކަން ގިނަ ކަސްޓަމަރުންތަކެއް ދިޔައީ ފާހަގަ ކުރަމުން ނެވެ.

ކަސްޓަމަރުންނަކީ އެންމެ މުހިއްމު ސްޓޭކްހޯލްޑަރ ކަމުގައި އަބަދުވެސް ދެކޭ ދިރާގުން ވަނީ ކަސްޓަމަރުންގެ ހިޔާލުތައް އަޑުއަހައި، ވަރަށްފަހުން އެހިދުމަތް ފުޅާކޮށްފައެވެ. ދިރާގުގެ މަލްޓިޕްލް މައިޓޯން ހިދުމަތް ތައާރަފް ކުރުމުން، ދިރާގުގެ ކަސްޓަމަރުންނަށް މިހާރު މައިޓޯންސްގެ ގޮތުގައި ތަފާތު އެކި ލަވަތައް ނެގެން ހުރެއެވެ. ވަކި މީހަކު ގުޅުމުން ވަކިލަވައެއް ނުވަތަ ވަކި ބަޔަކު ގުޅުމުން ވަކި ރާގެއް އިވޭގޮތަށް ދިރާގުން ވަނީ އެހިދުމަތް ކަސްޓަމައިޒް ކޮށްފައެވެ. އެހިދުމަތް ފުޅާކުރުމާއެކު މައިޓޯންސް ހިދުމަތުގެ މަގުބޫލުކަން ވަނީ އިތުރު ވާން ފަށާފައިކަން ދިރާގުން ހާމަކުރެއެވެ.

“މައިޓޯންސްގެ ހިދުމަތަށް ބަދަލު ގެނައުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ. ކުރިން އެންމެ ޓޯނެއްގެ ހިދުމަތް ދިންއިރު މިހިދުމަތް ބޭނުން ނުކުރާ މީހުންވެސް، ޕާސަނަލައިޒް ކުރެވޭ ގޮތަށް ހިދުމަތް ބަދަލު ކުރުމުން މިހިދުމަތް ބޭނުން ކުރަން ފަށައިފި” ދިރާގުގެ މާކެޓިންގ، ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވިއެވެ.

އިމްޖާދު މައުލޫމާތު ދެއްވިގޮތުގައި ދިރާގުގެ މައިޓޯންސްއަށް ގެނައި ބަދަލާއެކު ތަފާތު 10 މައިޓޯންސް ގުޅުއްވާ ފަރާތްތަކަށް އަޑު އިވޭނެހެން ސެޓްކޮށްލެވެން ހުންނާނެއެވެ. އަދި މީގެ އިތުރުން ކަސްޓަމަރުން އިހުތިޔާރު ކުރާ ޓޯނެއް ވަކިވަކި ބޭފުޅަކަށް ނުވަތަ ވަކި ގުރޫޕަކަށް އަޑު އިވޭނެހެން ސެޓްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.

މަލްޓިޕްލް ރިންގްޓޯން އެކްޓިވޭޓް ކުރަށްވާނީ 155 އަށް ގުޅުއްވައިގެންނެވެ. ނުވަތަ “ޓޯން” ޖެއްސެވުމަށްފަހު ޓޯން އައިޑީ 155 އަށް އެސް.އެމް.އެސް އެއް ފޮނުއްވައިގެންނެވެ. ފޮނުއްވާ ކޮންމެ އެސްއެމްއެސް އަކަށް ޗާޖު ކުރެވޭނީ 1 ރުފިޔާއެވެ. އަދި އިހްތިޔާރު ކުރައްވާ ކޮންމެ މައިޓޯނަކަށް ޗާޖު ކުރެވޭނީ 4 ރުފިޔާއެވެ.

މައިޓޯންސް ޕާސަނަލައިޒް ކުރައްވާނީ އެސް.އެމް،އެސް މެދުވެރިކޮށެވެ. އެއްވެސް ފަރާތެއް ގުޅުއްވުމުން އެފަރާތަކަށް އަޑު އިވޭނެހެން ވަކި މައިޓޯނެއް ޕާސަނަލައިޒް ކުރެއްވުމަށް ‘set’ ޖެއްސެވުމަށްފަހު ޓޯން އައިޑީ އަދި މޮބައިލް ނަންބަރާއި އެކު 155 އަށް އެސްއެމްއެސް ފޮނުވުމުން މިހިދުމަތް ލިބޭނެއެވެ. މިއީ އިތުރު ޗާޖަކާއި ނުލާ ލިބޭނެ ހިދުމަތެކެވެ.

ހިދުމަތަށް އެކްޓިވޭޓް ކުރުމަށް ޖެހެނީ 155 އަށް ގުޅާށެވެ. ނުވަތަ ‘tone’ ޖެއްސެވުމަށްފަހު ޓޯން އައިޑީ ޖައްސަވާފައި 155 އަށް އެސްއެމްއެސް އެއް ފޮނުވިދާނެއެވެ. މިހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ‘help’ ޖައްސަވާފައި 155 އަށް ފޮނުވުމުން މައުލޫމާތު ލިބިގެން ދެއެވެ.

ދިރާގު މައިޓޯންސް ހިދުމަތަށް ގެނެވުނު ބަދަލާއި ގުޅިގެން ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިރާގުގެ މައިޓޯންސް ފްލެޓްފޯމަކީ އެކި އެކި ދިވެހި އަދި ބޭރުގެ އާޓިސްޓުންގެ ރާގުތަކާއި ލަވަތަކުގެ އެންމެ ގިނަ ރިންގްބެކް ޓޯންސް ހުންނަ ފްލެޓްފޯމެއެވެ.

ދިރާގަކީ އަބަދުވެސް ކަސްޓަމަރުންގެ ހިޔާލުތައް ބަލައިގަނެ ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތްތައް ބައްޓަން ކުރަމުން އަންނަ ކުންފުންޏެކެވެ. މިހާރު ގައިމުންވެސް އެދުވަހު ގުޅާލި ސްޓޭޓް މިނިސްޓަރުގެ ރިންގް ބެކްޓޯން ވަނީ ބަދަލު ކޮށްފައެވެ. އަދި އެވީގޮތަކީ ކޮބައިތޯ ސުވާލު ކޮށްލުމުން ވިދާޅުވީ “ދިރާގު މައިޓޯންސް ޕާސަނަލައިޒް ކުރުމުގެ ހިދުމަތް ބޭނުން ކުރަން ފެށީ” ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355