twitterviber whatsapp telegramfacebookyoutube instagram
20th October 2019

ދިރާގުން ޕްރީޕެއިޑް ރިލޯޑް ޕްރޮމޯޝަން އެއް ފަށައިފި

Apr 6, 2012

.

– ޓަޗްނެޓް މޮޑެމްގެ އަގުވެސް އިއްޔެ ވަނީ ހެޔޮކޮށްފައި

ދިރާގުން ދެމުންގެންދާ ޕްރީޕެއިޑް ހިދުމަތް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ދިރާގުން ރިލޯޑް ޕްރޮމޯޝަން އެއް ފަށައިފިއެވެ.

އިއްޔެ ފަށާފައިވާ ޕްރޮމޯޝަންގައި ކޮންމެ ހުކުރު ދުވަހަކު މަދުވެގެން 50 ރުފިޔާގެ ރިލޯޑް ކުރަށްވައިފި ނަމަ އިތުރު ބޯނަސް ކްރެޑިޓް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން 50 ރުފިޔާ އާއި 99 ރުފިޔާ އާއި ދެމެދުގެ އަދަދެއް ރިލޯޑް ކުރަށްވައިފި ނަމަ ބޯނަސް ކްރެޑިޓްގެ ގޮތުގައި 15 ރުފިޔާ ލިބޭނެއެވެ. 100 ރުފިޔާ އާއި 199 ރުފިޔާ އާ ދެމެދުގެ އަދަދެއް ރިލޯޑް ކުރަށްވައިފި ނަމަ 35 ރުފިޔާގެ ބޯނަސް ކްރެޑިޓް ލިބޭނެއެވެ. 200 ރުފިޔާ އާއި 499 ރުފިޔާ އާދެމެދުގެ އަދަދެއް ރިލޯޑް ކުރަށްވައިފި ނަމަ ބޯނަސް ކްރެޑިޓްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ. އެއަށްވުރެ މަތިން ރިލޯޑް ކުރަށްވައިފި ނަމަ 150 ރުފިޔާ ގެ ބޯނަސް ކްރެޑިޓް ލިބޭނެއެވެ.

ދިރާގުން މައުލޫމާތު ދޭގޮތުން އެޕްރީލް މަހުގެ ކޮންމެ ހުކުރު ދުވަހަކުވެސް ރިލޯޑް ކުރަށްވައިގެން މިޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ރިލޯޑް ކުރުމުން ލިބޭ ބޯނަސް ކްރެޑިޓް ބޭނުން ކުރުމަށް ވެލިޑިޓީ ޕީރިއަޑެއް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ދިރާގުން ވަނީ ޓަޗްނެޓް މޮޑެމްގެ ޕްރޮމޯޝަން އެއްވެސް އިއްޔެ ފަށާފައެވެ. މިޕްރޮމޯޝަންގައި ދިރާގު މޮބައިލް ބްރޯޑްބޭންޑް އިންޓަނެޓް ޓަޗްނެޓް މޮޑެމްގެ އަގު -/599 ރުފިޔާއަށް އަށް ވަނީ ތިރިކޮށްފައެވެ.

ޓަޗްނެޓް މޮޑެމްގެ ޕްރޮމޯޝަން މެއި 5 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355