twitterviber whatsapp telegramfacebookyoutube instagram
28th February 2020

އިޖްތިމާއީ ޒިންމާ ނެގުމުގައި ވެސް ދިރާގުން މިސާލު ދައްކަނީ

Nov 2, 2012

ދިރާގަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެކުންފުންޏެއްގެ ޚިދުމަތް ބޭނުންކުރާ އެއް ކުންފުންޏެވެ. މިހާރު ދިވެހި ރައްޔިތުން ވެސް ހިއްސާވާ ދިރާގުން އަންނަނީ ފަހުގެ ޚިދުމަތްތައް ތައާރަފު ކުރުމުގައި ފާހަގަ ކޮށްލެވޭ ކުރިއެރުންތައް ހޯދަމުންނެވެ. ދިރާގުގެ ޚިދުމަތްތަކަށް ގެންނަ ކުރިއެރުންތަކާއި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ އިތުރުން ދިރާގުން އަންނަނީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ނިމިގެންދިޔަ ބޮޑުއީދަކީ ދިރާގުގެ ދީލަތި އަތް އެތައް ފަރާތްތަކަކަށް ފޯރުކޮށްދިން އީދެކެވެ.

ދިރާގަކީ މި ބޮޑުއީދުގައި ޓީވީއެމް އިން މ. މުލަކުން ގެނެސްދިން އީދު އުފާ ޝޯގެ ޓެލެކޮމް ޕާޓްނަރ އެވެ. މިއީދުގައި މުލަކުގެ ހުރިހާ ހަރަކާތެއް ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި މީހުންނަށް ބަލާލުމުގެ ފުރުސަތު ދިރާގު އެހީތެރިކަމާއެކު ޓީވީއެމް މެދުވެރިކޮށް ވަނީ ލިބިގެން ގޮސްފައެވެ. މިކަމުގެ އިތުރުންވެސް ތަފާތު އެތައް ޖަމިއްޔާ ތަކަކަށާއި ރަށްތަކަށް ދިރާގުގެ އެހީ ވަނީ ފޯރު ކޮށްދީފައެވެ.

މީގެ އިތުރުން ދ.ބަނޑިދު އާއި އދ. މަހިބަދޫ ފުޓްބޯޅަ ބޭއްވި މުބާރާތްތަކަށް ދިރާގުން ވަނީ އެހީތެރިކަން ދީފައެވެ. ހަމައެއާއެކު މާލޭގެ ޒުވާނުންގެ މަރުކަޒަށާއި ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާ ސްޓްރީޓް ސޮކަރ ގެ ހަރަކާތްތަކަށް ވެސް ދިރާގުން ވަނީ އެހީތެރިކަން ދީފައެވެ.

މީގެ އިތުރުން ކ ތުލުސްދޫ ކްލަބް ސައުންޑަރސް އަށާއި އެއަތޮޅު ހިންމަފުށީ ގައި އީދު ފާހަގަ ކުރުމަށާއި، ވ. ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއަށާއި ގދ ގައްދޫ އީދު ޗެލެންޖްކަޕް ބޭއްވުމަށްވެސް އެހީތެރިކަން ދީފައިވެއެވެ. މީގެ އިތުރުން ދިރާގުން އެހީތެރިވި އިތުރު މުބާރާތްތަކުގެ ތެރޭގައި ތ. ތިމަރަފުށީ ޓީ.ވައި.ޑީ.އޭ ޗެލެންޖް ކަޕާއި މާޅޮހު 6 ވަނަ މާރީސް ވޮލީ މުބާރާތް މުބާރާތާއި އެއަތޮޅު ހިތާދޫ ޔޫތުކަޕް ހިމެނެއެވެ.

ހދ. ނެއްލައިދޫ ކައުންސިލް އިދާރާގެ އިތުރުން މަތިވެރި އާއި ތޮއްޑޫ އަށް ވެސް ދިރާގުން އެހީތެރިވިއެވެ. އަދި ސ. ފޭދޫ ޔޫތު ކޮމިއުނިޓީ އަށާއި ބ. ފުޅަދޫ ޔޫތުލިންކޭޖަށް ވެސް ދިރާގުގެ ދީލަތި އެހީވަނީ ދީފައެވެ.

މަތީގައި ބަޔާން ކުރެވުނު 17 ފަރާތަކީ އީދު ފާހަގަ ކުރުމަށް ދިރާގުގެ އެހީތެރިކަމަށް އެދުނު ފަރާތްތަކެވެ. ދިރާގުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ އީދު ތެރޭގައި ދިރާގުގެ އެހީތެރިކަމަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް އެހީވެދީފައިވާ ކަމަށެވެ. އަދި އެއީ ވަކި އަތޮޅެއްގެ، ވަކި ރަށެއްގެ ބަޔަކަށް ދީފައިވާ އެހީއެއްނުންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355