twitterviber whatsapp telegramfacebookyoutube instagram
22nd February 2020

ދިރާގުން ހިލޭ ގުޅާލެވޭ ވަގުތު އިތުރުކޮށް ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ ޚިދުމަތް ފުޅާކޮށްފި

Nov 5, 2012

ދިރާގުން ހިލޭ ގުޅާލެވޭ ވަގުތު އިތުރުކޮށް ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ ޚިދުމަތް ފުޅާކޮށްފިއެވެ.

މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން ދިރާގުގެ ޕޯސްޓްޕެއިޑް ބޭނުންކުރައްވާ ފަރާތްތަކަށް ހިލޭގުޅާލުމުގައި ބޭނުންކުރެވޭ ވަގުތު އިތުރުކޮށްފިއެވެ. މިކަމަށް އިތުރު އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ.

މިގޮތުން މިހާރު 1500 މިނެޓް ލިބޭ ޕްލެޓިނަމް ޕެކޭޖްގެ ވަގުތު ވަނީ 2300 މިނެޓަށް އިތުރުވެފައެވެ. މީގެ އިތުރުން 1000 މިނެޓް ހިމެނޭ ޑައިމަންޑް ޕެކޭޖްގެ ވަގުތު 1500 މިނެޓަށް ވަނީ އިތުރުކޮށްފައެވެ. އަދި ކުރިން 660 މިނެޓްގެ މައްޗަށް އެކުލެވޭ ގޯލްޑް ޕެކޭޖްގައި މިހާރު ހިމެނެނީ 1000 މިނެޓެވެ.

65000 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ދިރާގަގެ މި ޕެކޭޖްތަކުގެ ސަބަބުން ގިނަބަޔަކަށް ހިލޭ ގުޅާލެވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެއެވެ. ދިރާގަކީ ރާއްޖޭގައި އަންލިމިޓެޑްކޮށް ހިލޭ ގުޅާލުމުގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355