twitterviber whatsapp telegramfacebookyoutube instagram
21st September 2019

ފުރަތަމަ ފަހަރަށް އަންލިމިޓެޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖް ދިރާގުން ތައާރަފް ކޮށްފި

Nov 14, 2012

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖް ދިރާގުން ތައާރަފް ކޮށްފިއެވެ.

މިހާރު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މިނުގައި އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ޤާއިމްކޮށްދީފައިވާ ދިރާގު 3 ޖީ ޕްލަސް ނެޓްވޯރކް މެދުވެރިކޮށް ތައާރަފްކޮށްފައިވާ މި ޕެކޭޖްގެ އިތުރުން އިތުރު ޑޭޓާ އެލަވެންސެއް ލިބޭ ޕެކޭޖެއްވެސް ދިރާގުން ވަނީ ތައާރަފް ކޮށްފައެވެ.

ދިރާގުން ތައާރަފް މިކުރި އަންލިމިޓެޑް މޮބައިލް ބްރޯޑް ބޭންޑް ޕެކޭޖާއި ޑައިވް ޕްލަސް ޕެކޭޖްލިބިވަޑައިގަންނަވާނީ ޕޯސްޓްޕެއިޑް މޮބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ. މިޚިދުމަތް މެދުވެރިކޮށް ދިރާގުގެ ޓަޗްނެޓްކަސްޓަމަރުންނަށް ލެޕްޓޮޕުންނާއި އައިޕެޑް އަދި ޓެބްލެޓް ފަދަ ސްމާޓް ޑިވައިސްތަކުން ވަރަށް ހަލުވިކޮށް އިންޓަރނެޓް އަންލިމިޓެޑްގެ ޚިދުމަތް ލިބޭނެއެވެ. އަދި ކިތަންމެ ވަރަކަށް ބޭނުން ކުރެއްވި ނަމަވެސް މަހުފީ އަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ދިރާގަކީ މޮބައިލް ބްރޯޑް ބޭންޑް ޚިދުމަތްތައް ފޯރުކޮށްދެނީ ދިރާގުގެ ޓަޗްނެޓް މޯޑެމް ބޭނުންކޮށްގެންނެވެ. މިގޮތުން ޑްރީމް ޕެކޭޖްގައި 1ޖީބީ އަށް 160ރ ގެ މަހުފީއަކާއި އެކު ބޭނުން ކުރެވޭނެއެވެ. އަދި ޑިސްކަވަރ ޕްކޭޖްގައި 250ރ މަހުފީގެ ގޮތުގައި ދައްކާ 2ޖީބީގެ ޑޭޓާ ފޯރުކޮށް ދެވޭނެއެވެ. މީގެ އިތުރުން 4 ޖީބީ ޑޭޓާގައި 449ރ ގެ މަހުފީއާއެކު ޑައިވް ޕެކޭޖްވެސް ދިރާގުން ދަނީ ދެމުންނެވެ.  އަލަށް ތައާރަފްކުރި ޑައިވްޕްލަސް ގައި 7ޖީބީގެ ޑޭޓާ އެކުލެވޭއިރު މަހުފީ އަކީ 690 ރުފިޔާއެވެ. އަދި 790ރުފިޔާގެ އަންލިމިޓެޑް ޕެކޭޖަކީ އަންލިމިޓެޑް ޑޭޓާ ބޭނުންކުރެވޭނެ ޕެކޭޖެކެވެ.

ދިރާގަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ޚިދުމަތްފޯރުކޮށްދެމުންދާ މަގްބޫލް ކުންފުންޏެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355