twitterviber whatsapp telegramfacebookyoutube instagram
17th October 2019

ހިރިމަރަދޫ ސްކޫލުގެ ސްޕޯޓްސް މީޓް ފެށިއްޖެ

May 3, 2013

ހިރިމަރަދޫއިން އަޙްމަދު މުޙަންމަދު

ހދ. ހިރިމަރަދޫ ސްކޫލުގެ ސްޕޯޓްސް މީޓް މިއަދު ފެށިއްޖެއެވެ.

ހިރިމަރަދޫސްކޫލްގެ 2 ހައުސްގެ މެދުގައި ބާއްވާ މި މީޓް ޝަރަފްވެރި ކޮށްދެއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހަންމަދު ވަޙީދެވެ. ސްޕޯޓްސް މީޓް ފެއްޓުމުގެ ރަސްމިއްޔާތުގައި ރަށުގެ ކައުންސިލަރުންގެ އިތުރުން ސްކޫލްގެ ޓީޗަރުންނާއި ވެރިން ބައިވެރިވިއެވެ.

ޖުމްލަ 16 ކުޅިވަރެއްގެ މައްޗަށް ހިމެނޭ މި މީޓްގައި ސްކޫލްގެ 49 ދަރިވަރުން ބައިވެރިވާ ކަމަށް ސްކޫލްގެ ފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި މި މުބާރާތް ބޭއްވުމުގެ ބޭނުމަކީ ދަރިވަރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ދަރިވަރުންގެ މެދުގައި އިޖްތިމާއީ ރޫހު އާލާ ކުރުން ކަމުގައި އެފަރާތުން ހާމަކޮށްފައިވެއެވެ.

ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މިހަރަކާތަކީ 2 ދުވަހުގެ މުއްދަތަށް ކުރިއަށް ދާ ޙަރަކާތެއް ކަމަށާއި އަދި އާއްމު އުޞޫލެއްގެ ގޮތުން ސްޕޯޓްސް މީޓް ބާއްވަމުން އަންނަނީ ކޮންމެ 2 އަހަރުން 1 އަހަރު ކަމުގައި ސްކޫލްގެ ފަރާތުން ހާމަކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355