twitterviber whatsapp telegramfacebookyoutube instagram
17th October 2019

ސްކޫލް ސްޓާފް ފުޓްސަލް ލީގުގެ ފުރަތަމަ ރޭގެ މެޗުތައް ކޯލިޝަން ޓީމާއި އެއްލަކިން ޓީމު ކާމިޔާބުކޮށްފި

May 30, 2013

ކުޅުދުއްފުށީގެ ސްކޫލުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ސްކޫލް ސްޓާފް ފުޓްބޯލް ލީގު ރޭ ފެށިއްޖެ އެވެ.

ރޭ ޖަލާލުއްދީން ސްކޫލް ކުޅޭ ބިމުގައި ފެށުނު މި ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔަގީން ޓީމާއި ކޯލިޝަން ޓީމެވެ. މިމެޗް 7 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ކޯލިޝަން ޓީމެވެ. މި މެޗުގައި ކޯލިޝަން ޓީމުގެ މުހައްމަދު އަބޫބަކުރު 5 ލަނޑު ޖަހާ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާއިރު އެޓީމުގެ އަނެއް 2 ލަނޑު ޖަހާދީފައިވަނީ އަހުމަދު މުހައްމަދެވެ. މި މެޗުގައި ޔަގީން ޓީމުގެ 2 ލަނޑު އަހުމަދު އަބްދުﷲ ޖަހާދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ޖަހާދީފައިވަނީ އަބްދުއްރަޝީދު މުހައްމަދެވެ. މި މެޗުގައި ކޯލިޝަން ޓީމުގެ އަބްދުއްރަޝީދު ސައީދަށާއި މޫސާ މާހިރަށް ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ.

މި ލީގުގެ ރޭގެ 2 ވަނަ މެޗުގައި އެއްލަކިން ޓީމާއި ގައިމު ޓީމު ބައްދަލުކޮށް 7 ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކުރީ އެއްލަކިން ޓީމެވެ. މި މެޗްގައި އެއްލަކިން ޓީމުގެ އަހުމަދު މޫސާ 5 ލަނޑު ޖަހާ މޮޅު ކުޅުންތެރިޔާގެ މަގާމް ވަނީ ހޯދާފައެވެ. ރޭ ގެ މެޗްގައި އެޓީމުގެ އަނެއް ދެލަނޑު ޖަހާދީފައިވަނީ މުހައްމަދު އަބްދުﷲ އާއި އިބްރާހިމް ރަޝީދެވެ. މި މެޗްގައި ގައިމު ޓީމުގެ އަލީ ޝަރީފް ހެޓްރިކް ހަދާފައިވާއިރު އެޓީމުގެ އަނެއް ލަނޑު ޖަހާފައިވަނީ އަބްދުﷲ އާދަމް އެވެ.

ރޭ ކުޅެވުނު މި ދެމެޗުވެސް ޝަރަފްވެރިކޮށްދެއްވާ މޮޅުކުޅުންތެރިޔާއަށް އިނާމުދެއްވީ ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަންސްގެ މެނޭޖަރ މުހައްމަދު ފާހިރެވެ. ކުޅުދުއްފުށީގެ ސްކޫލުތަކުގެ 32 މުވައްޒަފުން ބައިވެރިވާ މިލީގު ޖޫން 3 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355