twitterviber whatsapp telegramfacebookyoutube instagram
17th October 2019

އިޓަލީގެ ފުޓުބޯޅަ މެޗެއްގައި އާދަޔާ ހިލާފު ގޯލެއް!

Jun 6, 2013

ފުޓުބޯޅަ މެޗުތަކަކީ ވަރަށް ގިނަ ފަހަރު އާދަޔާ ހިލާފު މަންޒަރުތައް ފެނިގެންދާ އެއްޗެކެވެ. ހާއްސަކޮށް އާދަޔާ ހިލާފު ގޯލުތައް ދޭތެރެ ދޭތެރެއިން ފެނިގެން ދެއެވެ. ނިމިގެންދިޔަ އަހަރު ދިވެހިރާއްޖޭގެ ނިއުރޭޑިއަންޓްގެ ކީޕަރު އިމްރާން ގޯލުގައި ހުރެފައި ޖެހި ސައްޕެއް އިދިކޮޅު ޓީމުގެ ގޯލަށް ވަނުން ވެގެންދިޔައީ ޝައުގުވެރިވި ވާހަކަ އަށެވެ.

މިފަހަރު މިއޮތީ ރާއްޖޭގެ މެޗެއްގެ ވާހަކައެއް ނޫނެވެ. މިއީ ދާދި މިދާކަށް ދުވަހު އިޓަލީގެ ހަތަރުވަނަ ޑިވިޝަންގެ ޓީމެއްގެ ގޯލު ކީޕަރެއް ޖެހި ގޯލެއްގެ ވާހަކަ އެވެ. ނަމަވެސް އޭނާ ގޯލު ޖަހާފައިވަނީ އިދިކޮޅު ޓީމުގެ ގޯލަކަށް ނޫނެވެ. އޭނާ ފޮނުވާލި ބޯޅަ ވަދެފައިވަނީ ބައިކޮޅަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ މޫސުން މިދުވަސްކޮޅު އުޅެނީ ވަރަށް ގޯސްކޮށެވެ. ބޯކޮށް ވާރޭވެހުމާއި ބާރަށް ވައިޖެހުމުގެ ސަބަބުން ބައެއް ގައުމުތަކަށް ގެއްލުންތައް ވަނީ ލިބިފައެވެ. އިޓަލީގެ ހަތަރުވަނަ ޑިވިޝަންގެ އިޝިއާ އާއި ޑެލްޓާ ޕޯޓޯ ބައްދަލު ކުރިމެޗުގައި ހުރިހާ ވެސް މައްސަލައެއް ދިމާވީ ވައިގަދަ ވުމުގެ ސަބަބުންނެވެ. މިމެޗުގައި ކީޕަރަށް ބައިކޮޅަށް ޖައްސާބޯޅަ ސާފުކޮށްލުމަށް ޖެހުމާއެކު ބޯޅަ މައްޗަށް އަރާ، ގަދަވައިގެ ސަބަބުން ވަނީ އަނބުރާ ބައިކޮޅަށް އައިސް ގޯލަށް ވަދެފައެވެ.

ޔޫޓިއުބް ވީޑިއޯ ބައްލަވާލައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355