twitterviber whatsapp telegramfacebookyoutube instagram
17th October 2019

އެތްލެޓިކްސް މީޓުގެ 2 އުމުރުފުރާއަކުން އެއްވަނަ ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި ޖަލާލުއްދީން ސްކޫލަށް

Jun 13, 2013

ކުޅުދުއްފުށީގައި މިއަދު ނިމުނު 18 ވަނަ އެޓޯލް އިންޓަރސްކޫލް އެތްލެޓިކްސް މީޓުގެ 2 އުމުރުފުރާއަކުން 1 ވަނަ ހދއަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލް ހޯދައިފި އެވެ.

މި މުބާރާތުގައި 13 އަހަރުން ދަށުގެ 2 ބައިން 1 ވަނަ ސްކޫލަކަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ޖަލާލުއްދީން ސްކޫލު 1 ވަނަ ސްކޫލްގެ ގޮތުގައި ހޮވިފައިވަނީ 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިންވެސް އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ.

11 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ސްކޫލަކަށް އަފީފުއްދީން ސްކޫލު ހޮވިފައިވާއިރު ހދ އޭއީސީ އަށް ވަނީ 11 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ސްކޫލުގެ މަގާމު ލިބިފައެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެންމެ މޮޅު ސްކޫލަކަށްވެސް ޖަލާލުއްދީން ސްކޫލު ހޮވިފައިވާއިރު މި އުމުރުފުރާގެ އަންހެން ކުދިންގެ ބައިން އެއްވަނަ ސްކޫލަކީ ހިރިޔާ ސްކޫލެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ އިނާމްދިނުމުގެ ރަސްމިއްޔާތުގައި ވަކިވަކި އުމުރުފުރާތަކުން 1 ވަނަ އެތްލީޓުންނަށްވެސް ވަނީ ތައްޓާއި މެޑަލް ދީފައެވެ. މިގޮތުން 11 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކަށް އޭއީސީގެ ހުސައިން ސިރާޖު ހޮވިފައިވާއިރު އެ އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތްލީޓަކީ ހދ އަތޮޅު މަދަރުސާގެ ފާތިމަތު ޝައުރާއެވެ. 13 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހުސައިން ހޮވުނުއިރު މި އުމުރުފުރާގެ އަންހެން އެންމެ މޮޅޫ އެތްލީޓަކީ އޭއީސީގެ މައިޝާ އާދަމްއެވެ.

15 އަހަރުންދަށުގެ ދެބައިންވެސް އެންމެ މޮޅު އެތްލީޓުންނަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލުގެ ދެ ދަރިވަރުންނެވެ. އެއީ ވޭތުވެދިޔަ އަހަރުގެ ބެސްޓް އެތްލީޓުގެ މަގާމް ހޯދި ނަޝާ ނިޒާރުގެ އިތުރުން އައްސަދު އަހުމަދެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ޝަރަފުއްދީން ސްކޫލުގެ ހުސައިން ޝަހުދާން ފަހުމީ ހޮވުނުއިރު މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތްލީޓަކީ ހިރިޔާ ސްކޫލް ތަމްސީލް ކުރި ހަމައެކަނި އެތްލީޓު ކަމަށްވާ އާއިޝަތު ސަރާއެވެ.

މި ރަސްމިއއްޔާތުގައި ވަނަވަނައަށް ދިޔަ އެތްލީޓުންނަށާއި ސްކޫލުތަކަށް އިނާމު ދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާނު ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަންގެ މެނޭޖަރު މުހައްމަދު ފާހިރާއި، ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ރަމީޒާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެސިޑެންޓް މައިޒާން އަލިމަނިކާއި، އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ތޮލާލުގެ އިތުރުން އަތޮޅު ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލާއި ސްކޫލުތަކުގެ ބައެއް އިސް ވެރިންނެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ދެ އެތްލީޓުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަހުމަދު އަޒްނީމްވެސް މިރަސްމިއްޔާތުގައި ބައިވެރިވެރިންނަށް ވަނީ އިނާމްދީފައެވެ.

މި މުބާރާތުގައި 16 ސްކޫލަކުން 315 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355