twitterviber whatsapp telegramfacebookyoutube instagram
17th October 2019

ޑްރިބަލްގެ 4 ވަނަ ސިކްސް އަ ސައިޑް ފުޓްބޯޅަ މުބާރާތް ފަށައިފި

Jul 21, 2013

ޑްރިބަލް ސިކްސް އަ ސައިޑް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

ޒޯން ސްޓޭޑިއަމްގެ މިނީ ދަނޑުގައި ކުޅޭ މިމުބާރާތު ގައި މިފަހަރު 8 ޓީމު ބައިވެރިވެފައި ވެއެވެ. އެއީ ޒިނޮން، ސިލުބު، ގަލިއާނޯ، އާސެލޯނާގެ އިތުރުން އެފްސީ ދުންކަރާސް، އެފްސީ ވަކަރު، އެފްސީ ވެލެކްސް އަދި އެފްސީ ސޭކޭ އެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ކުޅޭ މިމުބާރާތު ފެށުމުގެ ގޮތުން އިއްޔެ ރޭ ފުރަތަމަ ބައްދަލު ކުރީ ޒިއޮން އާއި ގަލިއާނޯ އެވެ. 5 ލަނޑު 3 ލަނޑު ގެ ތަފާތަކުން އެ މެޗު ކާމިޔާބުކުރީ ޒިއޮން އެވެ.

އާޕޮއިންޓް ފިހާރައިން ސްޕޮންސަރ ކުރާ މިމުބާރާތުގެ ޗެމްޕިއަން ޓީމަކަށް ޓްރޮފީ އާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި އެންމެ އުންމީދީ ކުޅުންތެރިއެެއް ހޮވަން ހަމަޖެހިފައިވާއިރު މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިއަކު ހޮވަން ހަމަޖެހިފައި ވާކަމަށް ޑުރިބަލް އިން މައުލޫމަތު ދެއެވެ.

ޖުމްލަ ފަނަރަ މެޗު ކުޅުން ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި އޮގަސްޓް މަހުގެ 5 ދުވަހުގެ ރޭ 10 ޖަހާއިރު  ޒޯން ސްޓޭޑިއަމް ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355