twitterviber whatsapp telegramfacebookyoutube instagram
17th October 2019

ތޭރަ ޓީމާއެކު “ކޮރަލްސް ކަޕް ފުޓްސެލް” މުބާރާތް ކުޅުދުއްފުށީގައި ފަށައިފި

Aug 10, 2013

ތޭރަ ޓީމާއެކު “ކޮރަލް ކަޕް ފުޓްސެލް” މުބާރާތް އިއްޔެ ކުޅުދުއްފުށީގައި ފަށައިފި އެވެ.

“ކޮރަލް”އިން އިންތިޒާމު ކޮށްގެން ކުޅޭ މި މުބާރާތަކީ “ކޮރަލް” ފުޓްބޯޅަ ދަނޑަށް ކުޅެންދާ ޒުވާނުންގެ މެދުގައި ރަހުމަތްތެރިކަން އާލާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

3 ގުރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ގޮށްމުން، އެފްސީ އައްޑަނަ، އެފްސީ އަޑަފިކޮޅު، ނެކްސަސް، ޓީމް ފީލިން، މުގުރު، ހޮޓް ޝޮޓް، ގަޑުބަޑު، މިނިއޮންސް، ސްމަފްސް، ބިގް ފުޓް، ޓީމު ވިސްޕަރ އަދި ޑައިމަންޑެވެ.

މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ކުޅުނު 4 މެޗަށް ބަލާލާއިރު ގޮށްމުއް އަދި އެފްސީ އަންޑަނަ ބައްދަލުކުރި މެޗުގެ 7-1 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވީ ގޮއްމުށެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮށްމުއް ޓީމުގެ އަހުމަދު އިބުރާހިމް (ކިންމޯ) އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރި އެފްސީ އައްޑަނަ އާއި ނެކުސަސް އެވެ. 1-3 ލަނޑުން މެޗު ކާމިޔާބުކުރީ ނެކުސަސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެކުސަސްގެ އަހުމަދު އަލީ (ބެކޭ) އެވެ.

އިއްޔެ މި މުބާރާތުގެ ކުޅުނު 3 ވަނަ މެޗުގައި ހޮޓްޝޮޓާއި ޓީމު ގަޑުބަޑު ބައްދަލުކޮށް 4-0 ލަނޑުން މެޗު ކާމިޔާބު ކުރީ ހޮޓްޝޮޓެވެ. މިމެޗުގެ މޭނު އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހޮޓްސޮޓްގެ ހުސެއިން މުހައްމަދު (ސޫޓީ) އެވެ. އިއްޔެގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ޓީމު ފީލިން އާއި މުގުރެވެ. 3-3 ލަނޑުން އެ މެޗު އެއްވަރުވިއިރު މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުގުރު ޓީމުގެ އަހުމަދު މުހައްމަދު (ވެނިސް) އެވެ.

މުބާރާތުގެ އިއްޔެގެ މެޗުތަކުގެ މޮޅުންތެރިއަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދެވެ.

މިމުބާރާތުގައި ކޮންމެ ދުވަހަކު 4 މެޗު ކުޅެން ހަމަޖެހިފައިވާއިރު މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހު 17 ވަނަ ދުވަހު އެވެ.

މިމުބާރާތް ކުރިއަށް ދަނީ ކުޅުދުއްފުށީ ކޮރަލް ދަނޑުގަ އެވެ.  މިއީ މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355