twitterviber whatsapp telegramfacebookyoutube instagram
26th January 2020

ފިނޭގެ ދަނޑުވެރިންނަން އެކަށީގެންވާ މާކެޓެއް ހޯދައިދޭން ޖެހޭ!

Dec 2, 2013

އާބާދީ ކިތައްމެ ކުޑަ ނަމަވެސް ހދ އަތޮޅަށް ބަލާއިރު އެންމެ ކުޅަދާނަ އެންމެ ހީވާގި ދަނޑުވެރިން ތިބި ރަށަކީ “ފިނޭ” ކަމާ މެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ. ޖުމްލަ އާބަދީގައި 500 އެއްހާ މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅެނީ 300 އެއްހާ މީހުންނެވެ. އާމްދަނީ ހޯދުމަށް ރަށުގައި ތިބެގެން ރައްޔިތުން ކުރާ އެންމެ ބޮޑު މަސައްކަތަކީ ދަނޑުވެރިކަމެވެ.

ފިނޭ ކައުންސިލުން އެ ރަށުގެ ކޮންމެ ގޭބިސީ އަކަށް ދަނޑުވެރިކަން ކުރުމަށް ދަނޑެއް ވަނީ ދޫކޮށްފައެވެ. އެހެން ވުމުން ރަށުގެ ހުރިހާ ރައްޔިތުންނަކީ ވެސް ކޮންމެވެސް ސިފައެއްގައި ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހެކެވެ.

މިހެން މިކަންތައް އޮތް ނަމަވެސް ފިނޭގެ ދަނޑުވެރިނަން މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު އެއްދައްޗަކީ ހައްދާ ތަރުކާރީ ކޮޅު އެކަށީގެންވާ އަގެއް ގައި ވިއްކެން ނެތުމުންނެވެ.

“ގަސްގަހަށް ޖަހާ ބޭސް އެހާ އަގު ބޮޑު. ކުޅުދުއްފުއްޓަށް މިގެންދަން ޖެހެނީ. އެތާނގަ ދެފަހަރުން އެއްފަހަރު އަގެއް ނުހުރޭ، ދެން ކިހިނެތް ވާނީ. އަނެއްކާ އަނެއް ކޮޅު ބަލާއިރު މާލެ ގެންގޮސްގެން މި ލިބެނީ އެއްޗެށް އެއްވެސް އެހާދަތި ކޮށް” ފިނޭގެ ދަނޑުވެރިޔަކު އޭނާ އިހްސާސްތައް މި ނޫހާ ހިއްސާކުރަމުން ބުންޏެވެ.

ފިނޭގެ ދަނޑުވެރިން ބުނީ ރަގަޅު އާމްދަނީއެއް ލިބެނީ މާލެ ފޮނުވައިގެން ކަމަށާއި މާލޭ ފޮނުވަން ޖެހުނަސް މާލެ ފޮނުވަން ޖެހެނީ ކުޅުދުއްފުށީ މަގުން ކަމަށް ވާތީ އެންމެ ރަގަޅު އާމްދަނީ ލިބުމަށް ހުރަސް އެޅޭކަމަށެވެ.

“މާލެ ފޮނުވަންޏާ މި ޖެހެނީ ކުޅުދުއްފުއްޓަށް ދާން އެއީ އަނެއްކާ އިތުރު ހަރަދެއް” ދަނޑުވެރިޔަކު ބުންޏެވެ.

ފިނޭގެ ބައެއް ދަނޑުވެރިން ބުނީ ހއ ގެ ދެ ރިސޯޓަކަށް ތަރުކާރީ ފޮނުވާ ކަމަށާއި އޭގެން އެކަށީގެންވާ އާއްމުދަނީ އެއް ލިބޭ ކަމަށެވެ. އެހެންނަމަވެސް ހދ އަތޮޅުގައި ރިސޯޓެއް ނެތުމުން މި ސަރަހައްދުގެ ދަނޑުވެރީންނަން އެންމެ އެކަށީގެންވާ އާމްދަނީއެއް އެކަމުން ނުލިބޭކަން ފިނޭގެ ދަނޑުވެރިންވެސް ހާމަކުރި އެވެ.

ފިނޭގައި އާއްމު ކޮށް ހައްދާ މޭވާ އާއި ތަރުކާރީގެ ތެރޭގައި ފަޅޯ، ކައްޓަލަ، ޒުވާރި، ޓޮމާޓޯ، ކިއުކަމްބަރ، ފަތްކެޔޮ، ބަށި، ބަރަބޯ، އަލޯވިރާ، މެލަން ފަދަ ތަކެތި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355