twitterviber whatsapp telegramfacebookyoutube instagram
24th August 2019

ކެނޑިޑޭޓުން ދޭ “އެހީތައް” ރިޝްވަތު ކަމަށް ވަނީ ކިހާވަރެއް ދިނީމަ ބާ!

Mar 20, 2014

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުޑަތަންވަމުން އަންނައިރު މުޅި ރާއްޖޭގައި ވެސް އިވެމުންދަނީ ކެނޑިޑޭޓުން “ވޯޓު ގަންނަ” އަޑެވެ. ގޭގޭގެ ފުރާޅުތަކުގެ ޓިނު ބަދަލުކޮށް ދިނުމާއި ވިޔަފާރި ރަގަޅު ކޮށްލުމަށް އެކި ކެނޑިޑޭޓުންގެ ޖީބުތައް ވަނީ ހުޅުވާލާފަ އެވެ. ރައްޔިތުން ވެސް ދަނީ ފުރުޞަތުގެ ބޭނުން ހިފާ “ވެހޭތާ ފެން ނަގަމުން”ނެވެ.

އިންތިހާބުގެ ކެމްޕެއިން ފެއްޓިފަހުން ކެނޑިޑޭޓުން ވެސް ދަނީ ރައްޔިތުންނާ އެހާމެ ގާތުން މިދުވަސް ވަރު މަސައްކަތް ކުރަމުން ނެވެ. މަގުމަތިން ފެންނަހާ މީހަކަށް “ނިތް އެތްލަމުން”ނެވެ. ބައެއް ފަހަރަށް ތިމާގެ އާއިލާގެ މެމްބަރުނަންވުރެ ވެސް ގާތް ބައެއްގެ ގޮތުގައި އެމީހުން ވެއެވެ. މިއީ ވަކި ރަށެއްގެ ވާހަކައެއް ނޫނެވެ. މިއީ ހަމަ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ މިއަދުގެ ހާލަތެވެ.

މި ފަހަރު ކުޅުދުއްފުށީގެ ދެ ދާއިރާއިން ޖުމްލަ 8 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. ކޮންމެ ދާއިރާއަކަށް 4 ކެނޑިޑޭޓުން ދަނީ ވާދަ ކުރަމުންނެވެ. ފައިސާ ގިނަ ވިޔަފާރިވެރިވެރި ކެނޑިޑޭޓުން ދަނީ މި ދުވަސްވަރު ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ފައިސާގެ ގިނަ އެހީތައް ވަމުންނެވެ. އަދި ރާއްޖޭގެ މަޝްހޫރު ބައެއް ކެނޑިޑޭޓުން ދަނީ ވޯޓު ދޭނަމޭ ބުނާ ފަރާތްތަކަށް ފައިސާގެ އަދަދު ތަކުން ރިޝްވަތު ދެމުންނެވެ.

ކުޅުދުއްފުށީގައި ވެސް ބައެއް ކެނޑިޑޭޓުން ދަނީ އެ ކެނޑިޑޭޓަށް ވޯޓު ދޭނަމޭ ބުނެ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމެއް ފުރުމުން އެމީހަކަށް 4000ރ. ރުފިޔާ ދެމުންނެވެ. އަދި ބައެއް ފަހަރު އެއަށްވުރެ ގިނަ ފައިސާ ވެސް ސީދާ ވޯޓު އެ ކެނޑިޑޭޓަކަށް ދިނުމަށް ބުނުމުން ނުވަތަ އޭނާގެ ގާތް މީހުންނަން 30 ހާހުން 50 ހާހުންވެސް އަދި އެއަށް ވުރެ ގިނަ އަންނަނީ ދެމުންނެވެ. ހަމަ މިގޮތުން އެހެން ކެނޑިޑޭޓަކު އޭނާގެ ގާތުން އެހީ އަކަށް އެދުމުން 2000 ރުފިޔާއާ މިފަދަ ގިނަ އެހީ ތައް މިދުވަސް ވަރު އަންނަނީ ދެމުންނެވެ.

މައްސަލަ އަކީ އެހީ ދިނުމެއް ނޫނެވެ. އިންތިހާބަށް އަސަރުފޯރާ ގޮތަށް އެހީތައް ވުމެވެ. އިންތިހާބު ބޯމަތިވެފާވަނިކޮށް ދޭ މިފަދަ އެހީ ތަކަކީ ކިހާވަރެއްގެ ކަމެއްތޯ ބަލާލާ މީހަކު މި މުއައްސަސާތައް ގިނަ ރާއްޖެއަކު ނެތެވެ. ލިބޭތާ ހަމަ ލިބިގަންނަނީ އެވެ. މިކަމުގައި ވަކި އުމުރެއް ވަކި ޖިންސެއް ނެތެވެ.

ކެނޑިޑޭޓުންގެ ނަޒަރުގައި މިއަކީ ރިޝްވަތެއް ނޫނެވެ. އެއީ ހަމަ “އެހީ” އެކެވެ. އެ މީހުން ދެކެނީ މިއީ މީހާގެ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ދޭ ހަމަ ދިނުން ލާޒިމު އެހީއެއްގެ ގޮތުގައެވެ. އަދި އާއްމު ރައްޔިތުން ވެސް މި އެހީ ގަބޫލު ކުރަނީ ރިޝްވަތުގެ ގޮތަކުންނެއް ނޫނެވެ. ބައެއް މީހުން ދެކޭގޮތުގައި ކެނޑިޑޭޓުންގެ އަތުން އެއްޗެށް ލިބޭނީ މިދުވަސްވަރު ކަމުން އެއްޗެށް ހޯދަނީ އެވެ.

މި ދުވަސްކޮޅު ރިޝްވަތުގެ ހުތުރު ފައިސާގައި ހިފައި، މާދަމާ ގޮސް އެ ކެނޑިޑޭޓަކަށް ވޯޓު ދީގެން މަޖިލީހަށް ހޮވުމުން ރަށާއި ދާއިރާގެ ތަރައްޤީއަށް އެ މެމްބަރުން މަސައްކަތްކުރާނެ ތޯ ސުވާލުކޮށްލަން ޖެހެއެވެ. ދޭން ފެށި ހަދިޔާތައް މަޖިލީހަށް ހޮވުމާ ހިސާބުން މުޅިން ހުއްޓި ގުޅުން ކެނޑިގެންދާނެ ކަމީ މާޒީގެ ތަޖުރިބާއިން ހާމަވާ ހަގީގަތެކެވެ. ތިމާއަށް މިއަދު ލިބޭ ކުޑަ ލާރިކޮޅަކަށް، ތިމާގެ ފަރާތުން ބަސްބުނަން ކަނޑައަޅާ ވަކީލަކު އައްޔަން ކުރުމުގައި ފަރުވާކުޑަ ކުރުމަށްފަހު، އެ މެމްބަރެއްގެ މަސައްކަތާ ބެހޭގޮތުން ފަހުން ފާޑުކިޔުމަކީ އެންމެ ހަމަޖެހޭ ގޮތެއް ނޫނެވެ.

ހަދިޔާ އާއި އެހީގެ ނަމުގައި ވިޔަސް އަދި ސައެއް ބޯލާށޭ ބުނެ ދިއްކޮށްލާ ފައިސާކޮޅަށް ތިމާއަށް ލިބިފައިވާ ވޯޓު ދިނުމުގެ އަގުބޮޑު ހައްގު ވިއްކާލުމަކީ މޮޔަކަމެވެ. މަޖިލީހުގައި މަސައްކަތްކުރާނެ ރައްޔިތުންގެ އަޑު އިއްވާނެ ރައްޔިތުންނަށާއި ގައުމަށް އިހުލާސްތެރިވާނެ ކަމަށް ގާބިލު މީހަކު އިހްތިޔާރުކޮށް، ރިޝްވަތު ކަޅު ފައިސާއާ ދުރަށް ދިއުމަކީ މިއަދު އެންމެންގެވެސް އަޒުމަކަށް ހަދަން ޖެހެވެ.

ކޮންމެ ގޮތަކަށް ދެކުނު ކަމުގާ ވިޔަށް މިއަކީ ރިޝްވަތު ނޫން އެހެން އެއްޗެއް ނޫން ގޮތުގާ އެއް ނުދެކެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355