twitterviber whatsapp telegramfacebookyoutube instagram
13th December 2019

މާލޭ އޮޕްޓިކަލްސްގެ ކުޅުދުއްފުށީ ބުރާންޗުގެ އައު އިމާރާތް ހުޅުވައިފި

Jun 14, 2014

މާލޭ އޮޕްޓިކަލްސްގެ ކުޅުދުއްފުށީ ބުރާންޗުގެ އައު އިމާރާތް މިރޭ ހުޅުވައިފި އެވެ.

މާލޭ އޮޕްޓިކަލްސްގެ ކުޅުދުއްފުށީ ބުރާންޗުގެ އައު އިމާރާތް ހުޅުވާފައިވަނީ ވިލަރެސްގޭގަ އެވެ. މިއިމާރާތް ހުޅުވައިދެއްވާ ރިބަންފަށް ކަނޑައިދެއްވީ ލޮލުގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ.ސުރަންދުރާ އެވެ.

ބުރާސްފަތިި ދުވަހުގެ ރޭ ހުޅުވުނު މިޝޯރޫމުގައި އައިނު ހެދުމުގެ ހިދުމަތް ކުރިއަށްވުރެ އަވަސްވާނެ ކަމަށް ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރ އަބުދުއްރަހުމާނު މޫސާ މައުލޫމާތުދެ އެވެ. އޮޓޯ ރިފްރެޝަންގެ ހިދުމަތާއި އާސަންދައިގެ ހިދުމަތް ވެސް އެތަނުން ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ލޮލުގެ ޑޮކްޓަރުންގެ ހިދުމަތުގެ އިތުރުން ނަންބަރު އައިނާ އަވި އައިނު އަދި ތަފާތު ކުލައިގެ ކޮންޓެކްޓް ލެންސް ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެ އެވެ.

މާލޭ އޮޕްޓިކަލްސްގެ ކުޅުދުއްފުށީ ބުރާންޗުގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ހަފްލާގައި ކުޅުދުއްފުށީގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުންނާއި އާންމުން ބައިވެރިވި އެވެ.

މާލޭ އޮޕްޓިކަލްސްގެ ހިދުމަތް ކުޅުދުއްފުށީގައި ފަށާފައިވަނީ 2000 ވަނަ އަހަރު އެވެ.

[yass cats=80]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355