twitterviber whatsapp telegramfacebookyoutube instagram
24th August 2019

ރޯދަމަސް ފެށުމާއެކު ކުޅުދުއްފުށީގެ ބާޒާރުގައި ތަރުކާރީ އާއި މޭވާގެ އަގުތައް މައްޗަށް

Jun 30, 2014

ރޯދަމަސް ފެށުމާއެކު ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގުތަށް މައްޗަށް ދާން ފަށައިފި އެވެ.

ކުޅުދުއްފުށީގެ ބާޒާރުގައި ތަރުކަރީ އާއި މޭވާ އަދި މަހުގެ ބާވަތްތަކުގެ އަގު ވަނީ ރޯދަމަހާ ދިމާކޮށް އުފުލިފަ އެވެ. އެގޮތުން ގިތެޔޮ މިރުސް ކިލޯއެއްގެ އަގުވަނީ 250ރ. އިން 400ރ. އަށް އުފުލިފަ އެވެ.

ރޯދަމަހު އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ކެބެޖް ކިލޯއެއް ހުރީ 55ރ. އަށެވެ. އަދި ކެރެޓް ކިލޯއެއްގެ އަގު 35ރ. އަށް ހުރިއިރު ޓޮމާޓޯ ކިލޯއެއް އުޅެނީ 65ރ. އަށެވެ.

މީގެ ކުޑަދުވަސް ކޮޅެއް ކުރިން 12ރ. އަށް ލިބެންހުރި އަލުވި ކިލޯއެއް މިއަދު ހުރީ 25ރ. އަށް ބޮޑުވެފަ އެވެ. އަދި ބަރަބޯ ކިލޯއަކުން 10ރ. ބޮޑުކޮށްފައިވާ އިރު ރަންގު ކައްޓަލަ ކިލޯއެއް އުޅެނީ 40ރ. އަށެވެ.

ކަރާގެ އަގުތައް އަދި ކުޅުދުއްފުށީގެ ބާޒާރުގައި ބޮޑުވެފައެއް ނުވެ އެވެ. ކަރާ ކިލޯއެއް މިވަގުތު ހުރީ 20ރ. އާއި 30ރ. ދެމެދުގެ އަގުތަކެއްގައެވެ.

ރަންބުސްތާނާއި ލީކްސް އަދި ކެޕްސިކަމް ކިލޯއެއް ހުރީ 70ރ. އަށެވެ. އަނބު ކިލޯއެއްގެ އަގު ވަނީ 50ރ. އިން 80ރ. އަށް އުފުލިފަ އެވެ.

ފަރުމަސް ކިލޯއެއްގެ އަގު ހުރީ 25ރ. ފެށިގެން 50ރ. އާއި 60ރ. ގެ އަގުތަކެއްގަ އެވެ.

ބާޒާރުގައި އަގުތައް މިހެން ހުރިއިރު ރޯދަމަހު މި ތަކެތީގެ އަގު ތިރި ނުވާނެ ކަމަށް ކުޅުދުއްފުށީ ވިޔަފާރިވެރިން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބާޒާރުގައި ތަރުކަރީ އާއި މޭވާގެ ބާވަތްތަކުގެ އަގަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެތަކެތީގެ އަގު އުފުލެން ދިމާވާ މައިގަނޑު ސަބަބަކީ ރޯދަމަހު ތަރުކާރީ އާއި މޭވާގެ ޑިމާންޑް އިތުރުވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355