twitterviber whatsapp telegramfacebookyoutube instagram
24th August 2019

އުރީދޫގެ ރޯދަ ޕްރޮމޯޝަނުގައި އަގުބޮޑު އިނާމުތަކާއި ހިލޭ ޑޭޓާ

Jul 1, 2014

އުރީދޫއިން މި ރޯދަމަހަށް ހާއްސަކޮށްގެން އަގުބޮޑު އިނާމުތަކާއި ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫއިން ތައާރަފުކޮށްފައިވާ ޕްރޮމޯޝަންތަކުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ހަރަދުކުރާ ކުރެޑިޓުގެ ފަސްގުނަ އިތުރަށް އަނބުރާ ލިބޭނެ ޕްރޮމޯޝަނެއް ހިމެނެ އެވެ. މި ޕްރޮމޯޝަން މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ރީފް ސައިޑުގެ ފަރާތުން އަގުހުރި ތަފާތު އިނާމު ތަކެއްވެސް ލިބިގެންދާނެ އެވެ.

ކޮންމެ ދުވަހަކު، ހުރިހާ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އާއި 9:00 އާ ދެމެދު މެސެޖެއްގައި “GO” ޖެއްސެވުމަށްފަހު 5500 އަށް މެސެޖު ކުރެއްވުމުން ކޮންމެ ކަސްޓަމަރަކަށްވެސް 50 އެމްބީ ލިބިވަޑައިގަންނަވާނެ އެވެ.

އުރީދޫގެ ޕްރިޕެއިޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް 200ރ. ރީޗާޖް ކުރައްވައިގެން ގުރުއަތުން ކޮންމެ ހަފުތާއަކު ހޮވޭ ކަސްޓަމަރަކަށް އެޕަލް އައިޕެޑް މިނީއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާއިރު ހަފުތާ ބަންދު ދުވަސްތަކުގައި އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންނަށް ރިޗާޖް އަދި ރާސްޓަސް ކުރައްވައިގެން %25 އާ ހަމައަށް ކުރެޑިޓް ހޯދުމުގެ ފުރުސަތު ލިބޭ، ބޯނަސް ރީޗާޖް ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.

އައިޑީ ކޯލް ޕްރޮމޯޝަން ގެ ނަމުގައި ސައުދީ އަރަބިއްޔާއަށް 1.95ރ އަދި ޔޫއޭއީ، އޮމާން، ޤަތަރު، ކުވޭތު، މިސްރު އަދި ބަހްރޭން އަށް 2.95ރ ގެ ރޭޓުން ގުޅާލެވޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.

މީގެ އިތުރުން މިރަމަޟާންމަހު އުރީދޫ ކަސްޓަމަރުންނަށް ނަމާދު ވަގުތު އެސްއެމްއެސް މެދުވެރިކޮށް ހޯދޭއިރު ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް މުޅިން ހިލޭ މަދަހަ އަދި ޤުރުއާން ތަރުޖަމާ ލިބޭ ޕްރޮމޯޝަނެއްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355