twitterviber whatsapp telegramfacebookyoutube instagram
19th January 2020

ހއ އަތޮޅުގެ ދެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވައިފި

Jul 28, 2014

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހއ. ކެލާ އަދި ހއ. ހޯރަފުށީގައި ފާމަސީއެއް ހުޅުވި ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުވުނު “އެސްޓީއޯ ފާމަސީ ހއ.ހޯރަފުށި” އަދި “އެސްޓީއޯ ފާމަސީ ހއ.ކެލާ” އިން އާސަންދައާއެކު މިހާރު ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިހުޅުވުނު ދެ ފާމަސީއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތް ދެމުންދާ އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު 15 އަށް ވަނީ އަރާފަ އެވެ.

އެސްޓީއޯ އިން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެ އަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355