twitterviber whatsapp telegramfacebookyoutube instagram
24th August 2019

ހދ. އަތޮޅުގައި ފަތުރުވެރިކަން ފެށިގެން ދިއުމަކީ އަތޮޅުގެ އިޖްތިމާއީ މައްސަލަތަކަށް ލިބޭ ފަރުވާއެއް

Sep 6, 2014

ލިޔުއްވީ: ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރ ޙުސައިން ސަހުދީ

މިލިޔުމަކީ ހދ. އަތޮޅުގައި ފަތުރުވެރިކަމުގެ ރިސޯރޓެއް ތަރައްޤީކޮށް އޮޕަރޭޓްކުރަން ފެށިފައިނުވާތީ އަތޮޅުގެ އޮންލައިން ނޫސްތަކާއި، ހދ. އަތޮޅު ކައުންސިލުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތުގައި އަޅުގަނޑުގެ ބައިވެރިވުންދީ، އަތޮޅުގެ ދަރިއެއްގެ ހައިސިއްޔަތުން އެމަސައްކަތުގައި ބައިވެރިވުމަށް އަޅުގަނޑުގެ ގަލަން އުފުލާލައި، ލިޔަންފަށާ ސިލްސިލާ ލިޔުންތަކުގެ ތެރެއިން ފުރަތަމަ ލިޔުމެވެ.

އުމުރުން 42 އަހަރުގެ ހދ. ހަނިމާދޫ ގަހާ، މުޙައްމަދު އިދުރީސްއަކީ ދިރިއުޅުން ނިޔާކުރި ހާލަތުން އުމުރުން އެންމެ 12 އަހަރުން ފެށިގެން މިއަދާހަމައަށް ފަތުރުވެރިކަމުގެ ދާއިރާގައި އުފަން އަތޮޅާއި އެތައްސަތޭކަ މޭލެއްގެ ދުރުގައި ވަޒީފާއަދާކުރަމުންދާތާ މިހާރު 30 އަހަރު ވޭތުވެފައިވާ ހީވާގި ހދ. އަތޮޅުގެ ރައްޔިތެކެވެ. އޭނާގެ ޒަވާޖީ ހަޔާތުން ހޭދަވި 24 އަހަރު އާމްދަނީ ހޯދުމަށް އަނބިދަރީންނާއި އާއިލާއާއި އަދި ގާތް އެކުވެރިން ދޫކޮށް އުފަން އަތޮޅާއި ދުރުގައި ހޭދަކޮށްފައިވަނީ އުފާވެރި ދުވަސްތަކެއްނޫނެވެ.

ޒަވާޖީ ހަޔާތަށް 25 އަހަރުގެ ދަރިއަކާއި، 20 އަދި 19 އަހަރުގެ ދަރިންލިބި މިހާރު ކާފައަކަށްވުމުގެ އުފާވެސް އޭނާއަށް ލިބިފައިވެއެވެ. އާމްދަނީ ހޯދުމަށް އަނބިދަރީން ބަނޑުފުރާ މުއްތިކުރާނެ ގޮތެއް ހޯދުމަށް، ދެވިހިފާފައިވާ ފަތުރުވެރިކަމުގެ މަސައްކަތުގައި ކިތައްމެ ބުންވަރަކާއި ހިތްވަރެއްލިޔަސް އޭނާގެ އިޙްސާސްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެންނަމާތޯއެވެ! މިއަދާ ހަމައަށްވެސް ކިތަންމެ ދެކޭ ހިތްވިޔަސް އަނބިދަރީންކައިރިއަށް އައުމަށް ފުރުޞަތު ލިބެނީ އަހަރަކުއެއްފަހަރު އަހަރީ ޗުއްޓީގައެވެ. ކުއްޖަކު ބަލިވިޔަސް، އަނބިމީހާ ބަލިވިޔަސް އަދި ބަލާބޮޑުކުރި ބައްޕަ ބަލިވިޔަސް ޗުއްޓީއެއް ހޯދައި ރަށަށްއައުން އެހާ އުނދަގުލެވެ. ނަމަވެސް މިހިތްދަތި ދިރިއުޅުމުގެ ތެރެއިން ޒަވާޖީ ހަޔާތް ފެށުނު ހިސާބުން އޭނާގެ އުންމީދެއް އޮވެއެވެ. އަލަތު ދަރިފުޅު އުފަންވެ، ހަޔާތަށް ތިން ދަރިންލިބި، އެކުދިން ބޮޑެތިވެ ދޮށީ ދަރިފުޅު ކައިވެނިކޮށް ކާފަދަރިއަކު ލިބުނުއިރުވެސް އެއުއްމީދެއް ހާސިލެއްނުވިއެވެ. މިދެންނެވީ 24 އަހަރުވީ އުންމީދެއްގެ ވާހަކައެވެ. އެއުންމީދަކީ އޭނާގެ އުފަން ހދ. އަތޮޅުގައި ފަތުރުވެރިކަންފެށި އޭނާގެ އަނބިދަރިންކައިރިއަށް އާދެވޭނޭކަމަށް ކުރެވުނު އުންމީދެވެ. އުފަން އަތޮޅުގައި ދިރިއުޅޭ ރަށުގެ ކައިރިން ރިސޯޓެއްގެ ވަޒީފާއަދާކުރުމުގެ ދުވަހަކަށްކުރެވުނު އުންމީދެވެ. ކޮންމެ “އޮފް” ޑޭއަކަށް ޢާއިލާކައިރިއަށް ދެވޭގޮތަށް ޅައިރުއްސުރެ ހޭނިފައިވާ ފަންނުގެ މަސައްކަތް ފަތުރުވެރިކަން ފެށޭނޭ ދުވަހަކަށް ކުރެވުނު އުންމީދެވެ.

މިދަންނަވާލީ ހދ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެ އަޚެއްގެ ވާހަކައެވެ. ނަމަވެސް މިފަދަ އެތައްސަތޭކަ އަޚުންނެއް މިދެންނެވި އުންމީދުގައި އުފަންއަތޮޅުން ބޭރުގައި ފަތުރުވެރިކަމުގެ މަސައްކަތުގައި އެބަތިއްބެވެ. މުޙައްމަދު އިދުރީސްއާއި އޭނާގެ ޢާއިލާގެ ކުރަމުންދާ އިޙްސާސްކުރާ އެތައްސަތޭކަ ޢާއިލާއެއް މި ހދ. އަތޮޅުގައި އެބަތިއްބެވެ. މިހާލަތު ތަޖުރިބާކުރާ އެތައް ޢާއިލާއެއް ރޫޅިފައި އެބަހުއްޓެވެ. މިފަދަ ހާލަތު ތަޖުރިބާ ކުރަންޖެހުމުން އަތޮޅުގައިއެތައް އިޖުތިމާއީ މައްސަލަތަކެއް ފުނިޖެހިފައިވެއެވެ. އަޅުގަނޑުމެން އެންއަޑަކުން ހދ. އަތޮޅުގެ ހައްޤުގައި މިއަޑު އުފަލުންމިދާ ސަބަބަކީމިއީއެވެ. އަތޮޅުގެ ދުޅަހެޔޮކަމާއި، ތަރައްޤީއާއި ގުޅިލާމެހިފައިވާ ފަތުރުވެރިކަމަށް އެދިގޮވާ އާދޭސް ދަންނަވާ ސަބަބަކީ މިއީއެވެ. ކުރިއަށް ހުރި ލިޔުންތަކުގައި އިތުރު ސަބަބުތަކުގެ ވާހަކަ ދައްކާނަމެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355