twitterviber whatsapp telegramfacebookyoutube instagram
13th December 2019

އުރީދޫގެ އައު ބިޒްނަސް ޕާރޓްނަރަކަށް ރީފްސައިޑް ހަމަޖައްސައިފި

Sep 24, 2014

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މޮބައިލް ނެޓްވޯކްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އައު ބިޒްނަސް ޕާރޓްނަރަކަށް ރީފްސައިޑް ހަމަޖައްސައިފި އެވެ.

ބިޒްނަސް ޕާރޓްނަރ އެއްބަސްވުމުގެ ދަށުން އުރީދޫގެ ހުރިހާ ހިދުމަތްތަކެއް ރީފްސައިޑްގެ އިމޭޖިން ޝޯރޫމުން ލިބިހުންނާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އޭގެ ތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަނެކްޝަންސް، ޑޭޓާ ކަނެކްޝަންސް، ބިލަށް ފައިސާ ނެގުން އަދި ސިމް ބަދަލުކޮށްދިނުން ހިނމެނޭ ކަމަށް އުރީދޫއިން ބުނެ އެވެ.

“އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ނެޓްވޯކާ ގުޅުން އިތުރަށް ބަދަހިކޮށްހިދުމަތް ފަސޭހަކަމާއެކު އަޅުގަނޑުމެންގެ އިތުރުވަމުންދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ނިޔަތުގައި މަސައްކަތް ކުރަމުން ދާހިނދު، އުރީދޫގެ ބިޒްނަސް ޕާރޓްނަރކަމަށް ރީފްސައިޑްއަށް މަރުހަބާ ކިޔަން.” އުރީދޫގެ ކޮމާޝަލް ޑިރެކްޓަރ، ސަރަތީ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ އެ ކުންފުނީންދަނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ފުޅާކުރަމުން ކަމަށެވެ. އެގޮތުން ރީފްސައިޑާއެކު މިވެވުނު ޕާރޓްނަރޝިޕްގެ ދަށުން ރާއްޖޭގެ ގިނަބައެއްގެ އިތުބާރު ހޯދާފައިވާ ރީފްސައިޑް މެދުވެރިކޮށް އުރީދޫގެ ގިނަގުނަ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355