twitterviber whatsapp telegramfacebookyoutube instagram
22nd January 2020

އުރީދޫއިން ބްރޯޑްބޭންޑް ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި

Nov 24, 2014

އުރީދޫ މޯލްޑްވްސްއިން ބްރޯޑްބޭންޑް ޕްކޭޖްތަކަށް ހާއްސަ ޕްރޮމޯޝަންތަކެއް އިއްޔެ ފަށައިފި އެވެ.

އެގޮތުން އެކްޓިވޭޓް އެންޑް ވިން ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި މުޅިން އައު ޕޯސްޓްޕެއިޑް ބްރޯޑްބޭންޑް ޕެކޭޖެއް އެކްޓިވޭޓް ކުރައްވައިގެން އެޕަލް އައިޕެޑް މިނީއެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި 199، 299، 599، 899، އަދި 200 ޖީބީ ހަމައަށް ޑޭޓާ އެލަވަންސް ލިބޭ ޖަންބޯ ޕެކޭޖުތައް އެކްޓިވޭޓް ކުރައްވައިގެންވެސް މިޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ އެވެ.

އަދި ބޮޑު އެލަވަންސެއްގެ ޕެކޭޖެއް ނެންގެވުމުން އިނާމު ލިބުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ރީޗާޖް އެންޑް ވިންގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އެންމެ ގިނައިން ރީޗާޖް ކުރައްވާ 3 ފަރާތަކަށް އައިފޯން 5އެސް، އައިޕެޑް މިނީ އަދި 3ޖީ މައިފައި ޑިވައިސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެގޮތުން އުރީދޫ ޑޭޓާ ކާޑު، ޑޭޓާ ރާސްޓަސް، ރީޗާޖު ކާޑުގެ އިތުރުން އޮންލައިންކޮށް މައި އުރީދޫ މެދުވެރިކޮށްވެސް ރީޗާޖު ކުރެވޭނެއެވެ.

20 ނޮވެންބަރ އިން ފެށިގެން 27 ޑިސެމްބަރ 2014ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހަމައެކަނި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބްރޯޑްބޭންޑް ކަނެކްޝަންތައް މެދުވެރިކޮށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355