twitterviber whatsapp telegramfacebookyoutube instagram
26th January 2020

ދިރާގުގެ ފޯޖީ ހިދުމަތް ތިނަދޫއަށް ތައާރަފްކޮށްފި

Nov 25, 2014

ދިރާގު ފޯޖީ ނެޓްވޯކްގެ ހިދުމަތް ގދ ތިނަދޫގައި ފަށައިފި އެވެ.

ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ތިނަދޫގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ ދިރާގުގެ ޑިރެކްޓަރ މާކެޓިން އަހުމަދު މައުމޫނާއި ގދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ނަސީރެވެ.

ދިރާގުން ބުނީ މިއީ ރާއްޖޭގެ މުވާސަލާތީ ހިދުމަތުގައި ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ހިދުމަތް ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ފުޅާކުރުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ވެސް ފޯޖީގެ ހިދުމަތް ދޭން ފަށާނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

އެ ކުންފުނިން ބުނީ ފޯޖީގެ ހިދުމަތް ދިނުމަށް ދިރާގުން ތައާރަފުކޮށްފައިވާ ޔޫސިމްއަކީ މުޅިން އަލަށް ރާއްޖޭގައި ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށާއި މި މަހުގެ ނިޔަލަށް ފޯޖީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ހިލޭ ސިމް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފަވާ ކަމަށެވެ.

ދިރާގުން ފޯޖީގެ ހިދުމަތް އަތޮޅުތަކަށް ތައާރަފްކުރުމުގެ ގޮތުން މިދިޔަ ހަފުތާ ވަނީ ގއ ވިލިނގިލީގައިވެސް މި ހިދުމަތް ތައާރަފްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355