twitterviber whatsapp telegramfacebookyoutube instagram
28th February 2020

މަސްތުވާތަކެތި ބޭނުންކުރާ މީހުން ލޮލުން ދެނެގަންނާނެ ގޮތް

Dec 17, 2014

މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން އާންމު ގޮތެއްގައި ދެނެގަންނަނީ ލޭގެ ޓެސްޓުންނެވެ. އެހެން އެ ވަބާގައި ޖެހެމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ އިރު އަވަސް އަދި ފަސޭހަ ގޮތެއްގައި ޑްރަގު ބޭނުންކޮށްފައިވާކަން ދެނެގަތުން މުހިންމެވެ. އެގޮތުން މީހާގެ ލޮލަށް ބަލައިގެން އެމީހާ އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލިދާނެ އެވެ. ލޮލުގެ ކަޅު ކަޅީގެ ބޮޑު ކުޑަ މިނަށް ބަލައި މިކަން ދެނެގަނެވިދާނެ އެވެ.

‘ކޮކެއިން’ އާއި ‘އެކްސްޓެސީ’ އަދި ‘އެމްފެޓަމައިން’ ފަދަ ޑްރަގު ބޭނުންކޮށްގެން ތިބޭ މީހުންގެ ކަޅި ބޮޑުވާނެ އެވެ. ލޮލުގެ ކަޅި ކުޑަ ވާނީ ‘އޯޕިއޭޓްސް’ ނުވަތަ ‘މޯފިން’ ފަދަ ޑްރަގުތައް ބޭނުންކުރުމުންނެވެ.

ޖަރުމަނުގެ ޕުލުހުން މަސްތުވާތަކެތި ބޭނުންކުރާކަން ކަށަވަރު ކުރުމަށް ލޮލު ކަޅީގެ ކުޑަ ބޮޑު މިން ބަލާ އާލާތެއް ކަމަށްވާ ‘ޕިއުޕިލޮގުރާފް’ ބޭނުންކުރެ އެވެ. ނަމަވެސް ބައެއް ހިސާބުތަކުން ދައްކާ ގޮތުގައި މި ގޮތަކީ މަސްތުވާތަކެތި ބޭނުންކޮށްފައވާކަން ޔަގީން ކުރުމަށް އެންމެ އިތުބާރުހިފޭ ގޮތެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355