twitterviber whatsapp telegramfacebookyoutube instagram
24th August 2019

ވިޔަފާރިތަކުގެ ކައުންޓަރުގައި ބިދޭސީން މަސައްކަތްކުރުން މަނާކޮށްފި

Jan 4, 2015

ވަޒީފާ އަދާ ކުރުމަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދަށް އިސްލާހު ގެނެސް ފިހާރަ އާއި ކެފޭ ފަދަ ތަންތަނުގެ ކައުންޓަރުގައި މަސައްކަތްކުރަން ބިދޭސީން ގެނައުމަށް ކޯޓާ ނުދޭ ގޮތަށް ހަމަޖައްސުމުގެ ސަބަބުން އެފަދަ ވިޔަފާރިތަކުގެ ކައުންޓަރުގައި އެގޮތަށް އަމަލު ކުރަން ފަށައިފި އެވެ

އެގޮތުން މިއަހަރުގެ އެޕްރީލް މަހުން ފެށިގެން އެފަދަ ވިޔަފާރިތަކުގެ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި ބިދޭސީން މަސައްކަތްކުރުމަކީ މަނާކަމެކެވެ. އަދި އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެފަދަ ވިޔަފާރިއެއްގައި ކައުންޓަރުގައި ބިދޭސީއެއް މަސައްކަތްކުރާނަމަ ރާއްޖޭގެ ވިޔަފާރިކުރުމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ވަޒީފާއާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެފަދަ ވިޔަފާރިއަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފަ އެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ވަޒީފާއަކީ ބިދޭސީން ގެނައުމަށް ކޯޓާ ދޫނުކުރާ ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ އެފަދަ ވިޔަފާރިތަކުން އެތެރެކުރާ އެއްވެސް ބިދޭސީއަކަށް ކޭޝިއަރުންގެ ވަޒީފާއަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރާނެ ކަމަށެވެ.

ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ބިދޭސީން ގިނަ އަދަދަކަށް މަސައްކަތްކުރަމުން ދެ އެވެ. އަދި ދުވަހެއް ދުވަހަކަށް އެފަދަ ބައެއް ވިޔަފާރިތައް ހިންގުމުގައި މުޅިން ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމުގެ ޝަކުވާ އިވެމުންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355