twitterviber whatsapp telegramfacebookyoutube instagram
24th August 2019

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރަން އަންގައިފި

Jan 5, 2015

ވެބްސައިޓުތަކާއި ފޭސްބުކް ފަދަ އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް މޯލްޑްވިސް އިންލެންޑް އޮތޯރިޓީ (މީރާ) އިން އަންގައިފި އެވެ.

ހުސްވި ހަފުތާގައި މީރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުންނާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީ ކުރުމަކާއި ނުލައި ވެބްސައިޓްތަކާއި ފޭސްބުކް އަދި މިނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމިއްލަ ވިޔަފާރިވެރިންނާއި ކުންފުނިތަކުން ވިޔަފާރު ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން ޕާރޓްނާޝިޕްތަކާއި ކުންފުނިތަކުގެ އިތުރުން ވިޔަފާރި އާމްދަނީއެއްގެ ގޮތުގައި އަހަރެއްތެރޭ އެވްރެޖްކޮށް މަހަކު ވިހިހާސް ރުފިޔާްއަށް ވުރެ އިތުރަށް ލިބޭ އަމިއްލަ ފަރުދުންނާއި ވިޔަފާރީގެ އާމްދަނީގެ ގޮތުގައި އަހަރަކު އެވްރެޖްކޮށް އެއް މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ނުވަތަ ލިބޭކަމަށް ލަފާކުރެވޭ ފަރާތްތަކާއި އެފަރާތުގެ ނަމުގައި އިމްޕޯރޓް ކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރުމަކީ ގާނުނީ ކުށެއް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ރަޖިސްޓްރީނުކޮށް މިހާރު ވިޔަފާރު ކުރާ ފަރާތްތަކަށް މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު  ވަނީ ހުޅުވާލާފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްވިޔަފާރު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް މީރާއިން ހާމަ ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355