twitterviber whatsapp telegramfacebookyoutube instagram
23rd January 2020

އުރީދޫއިން ‘ސްމާޓް ސިޓީ’ ޓެކްނޮލޮޖީތައް މޯބައިލް ވޯލްޑް ކޮންގްރެސް 2015ގައި ދައްކާލަނީ

Feb 26, 2015

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަސްޓަމަރުންގެ ދިރިއުޅުން ފުރިހަމަކޮށްދޭ ޚިދުމަތްތައް ދިނުމުގައި ދެމިތިބުމަށް މި އަހަރުގެ ޖީއެސްއެމްއޭ މޯބައިލް ވޯލްޑް ކޮންގްރެސްގައި ގިނަގުނަ “ސްމާޓް” ޓެކްނޮލޮޖީތައް ދައްކާލާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

މި އަހަރުގެ ކޮންގްރެސްގެ ޝިއާރަކީ ‘ދަ އެޖް އޮފް އިނޮވޭޝަން’ އެވެ. އަދި އުރީދޫއިން ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސްޓައިލްއަށް އައު އީޖާދުތަކާއި އައު ވިސްނުންތައް ބޭނުންކޮށްގެން އެހީތެރިވެދޭގޮތް މި ކޮންގްރެސްގައި ދައްކާލާނެއެވެ.

ގިނަގުނަ އައު ހިދުމަތްތައް އުރީދޫގެ ޕެވިލިއޮން ނޫނީ ސްޓޯލްއިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ސްމާޓް ޓެކްނޮލޮޖީއަށް ހާއްސަ ކުރެވިފައިވާ ހަތަރު ސެކްޝަނެއް ހިމެނޭ އެވެ. އެއީ ސްމާޓް ސިޓީ، މެޝިން ޓު މެޝިން އެމްޓުއެމް، ސްމާޓް އެޑިއުކޭޝަން އަދި ސްމާޓް ސްޓޭޑިއަމް ޓެކްނޮލޮޖީ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އުރީދޫއިން ބުނީ މޯބައިލް ވޯލްޑް ކޮންގްރެސްއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ސްމާޓް ސިޓީ ޓެކްނޮލޮޖީ ބޭނުންކުރާތަން ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ސްމާޓް މީޓަރިން މެނޭޖުކޮށްދޭ ގިނައަދަދެއްގެ ކޮންޓްރޯލު ސެންޓަރ ސޮލިއުޝަންތަކާއި ގޭޓަޑް ކޮމިއުނިޓީ އެކްސެސް ކޮންޓްރޯލާއި އަދި ސީސީޓީވީ ސަވައެލަންސް ހިދުމަތްތައް ހިނމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްމާޓް ލާނިންގ ސެކްޝަނުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ސްމާޓް ލާނިންގ ސޮލިއުޝަން ތަޖުރިބާ ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި އަންނަންއޮތް ޖީލުތަކަށް މޯބައިލް ޑިވައިސް މެނޭޖްމަންޓް ހިދުމަތްތައް ފެނިގެންދާނެ ކަމަށާއި އެ ހިދުމަތް މެދުވެރިކޮށް ސްކޫލުތަކަށް ދަރިވަރުނަށާއި ޓީޗަރުންނަށް އެފަރާތްތަކުގެ ޑިވައިސްތައް މެދުވެރިކޮށް މުއާމަލާތްކުރެވޭނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތުދެއެވެ.

އުރީދޫގެ ކުންފުނިތައްވަނީ މޯބައިލް އެޑިއުކޭޝަން ގެނެސްދިނުމުގައި މުހިންމު ހިއްސާއެއް އަދާކޮށްފައެވެ. އެގޮތުން އުރީދޫއިން ފަލަސްތީނުގައި ދާދިފަހުންވަނީ ޒުވާން ކުދިންނަށް އިނގިރޭސި ބަސްދަސްކޮށްދޭ “ލާނިގް އިންގްލިޝް”ގެ މޯބައިލް ހިދުމަތެއް ތައާރަފްކޮށްފައިވެއެވެ.

މީގެ އިތުރުން އެމްޓުއެމް ޓެކްނޮލޮޖީއަކީވެސް އުރީދޫއިން އިސްކަމެއްދީގެން ‘އިންޓަނެޓް އޮފް ތިންކްސް’ގެ ހައްލު ހޯދައިދޭން މަސައްކަތްކުރާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫއިން މިހާރުވެސް ދެމުންދާ މީގެ ހިދުމަތްތައް ދައްކާލާނެއެވެ. މީގެ ތެރޭގައި ހަކަތައާއި ދަތުރުފަތުރު އަދި މާލީ ދާއިރާތަކަށް ތައާރަފްކޮށްފައިވާ ހިދުމަތްތައް ހިނމެނެއެވެ.

އޭގެ ތެރޭގައި އޮޕަރޭޓަރުންނާއި ހިދުމަތްދޭ ފަރާތްތަކާއޮތް ގުޅުމާއެކީ ބައިނަލްއަޤުވާމީ ޚިދުމަތެއް ގޮތަށް ޕްރޮމޯޓް ކުރުމަށެވެ.

2015 ގެ މޯބައިލް ވޯލްޑް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބާސެލޯނާގައި އަންނަ މަހުގެ 2 އިން 5 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355