twitterviber whatsapp telegramfacebookyoutube instagram
26th January 2020

ދިރާގު ފައިބަރ ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް 100އެމް.ބީ.ޕީ.އެސްގެ ހަލުވި ސްޕީޑުގައި ތައާރަފްކޮށްފި

Apr 1, 2015

ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދޭ ކުންފުނި ދިރާގުން ތައާރަފް ކުރި ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތާއިއެކު ރާއްޖޭގައި މިވަގުތު ލިބެންހުރި އެންމެ ހަލުވި އިންޓަނެޓުގެ ސްޕީޑު ކަމުގައިވާ 100އެމް.ބީ.ޕީ.އެސްގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއަކީ ފައިބަރ ބްރޯޑްބޭންޑެވެ. އިއްޔެ މިތައާރަފްކުރެވުނު ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް މިވަގުތު ލިބިގެންދާނީ ހަމައެކަނި ހުޅުމާލެއަށާއި މާލެއަށެވެ.

މިޕެކޭޖުތަކަކީ ވަކިން ހާއްސަކޮން ގޭގޭގައި ބޮޑު ޑޭޓާ އެލަވަންސްއަކާއި އެކު، މަހުބިލަށް ބަދަލެއްނައިސް އެންމެ ހަލުވި އިންޓަނެޓު ބޭނުންކުރެއްވުމަށް ބައްޓަން ކުރެވިފައިވާ ޕެކޭޖުތަކެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މިޕެކޭޖުތައް ފަރުމާކުރެވިފައިމިވަނީ އަވަސް ސްޕީޑުގައި ޑައުންލޯޑު ކުރުމަށާއި، އޮންލައިންކޮށް ހަލުވި ސްޕީޑުގައި ގޭމުކުޅުމަށާއި، އަވަސް ސްޕީޑުގައި އަޕްލޯޑުކުރުމަށާއި، އޮންލައިންކޮށް ސްޓްރީމް ކުރުންފަދަ ބޭނުންތަކަށް އަމާޒުކޮށްގެން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މިޕެކޭޖުތަކަކީ އެއްފަރާތަކަށް ވުރެން ގިނަ ފަރާތްތަކަށް އެއްފަހަރާ އަވަސް އިންޓަނެޓް ބޭނުން ކުރެއްވުމަށާއި، އިންޓަނެޓުގެ ހިދުމަތް އެއްފަހަރާ ތަފާތު ޒަމާނީ އާލަތްތައް ބޭނުންކުރައްވައިގެން ހޯއްދެވުމަށް ވަރަށް އެކަށިގެންވާ ޕެކޭޖުތަކެކެއް ކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355