twitterviber whatsapp telegramfacebookyoutube instagram
23rd January 2020

ކުޅުދުއްފުށީގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ހިންގައިފި

Jul 27, 2010

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ވެސް ތަފާތު ހަރަކާތްތަކެއް ހިންގައިފިއެވެ. މާލެއެކޭ އެއްފަދައިން ކުޅުދުއްފުށީގައިވެސް މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުނީ ގައުމީ ދިދަ ނެގުމުންނެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވާފައިވަނީ މަތި އުތުރު ޕްރޮވިންސް އޮފީހުގައެވެ. ހެނދުނު 6 ޖެހި އިރު ދިދަ ނަންގަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ކަމަށް އައްޔަންކުރަށްވާފައިވާ ޑރ. މުސްތަފާ ލުތުފީއެވެ. ޑރ. މުސްތަފާ ލުތުފީ ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެނދުނު 10 ޖެހިއިރު ޖަލާލުއްދީން ސްކޫލުގައި ބޭއްވުނު ޖަލްސާވެސް ޝަރަފްވެރިކޮށްދެއްވާފައެވެ. މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހުނައިފްވެސް ރައްޔިތުންނާއި މުހާތަބް ކުރެއްވި މިޖަލްސާގައި ވަނީ މަތި އުތުރު ޕްރޮވިންސްގެ އޮފީހުގައި ގާއިމު ކުރެވުނު މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓްގެ ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ އޮފީހުގެ ވެބްސައިޓް ލޯންޗްކޮށްފައެވެ.

މިނިވަން ދުވަހުގެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބެލެނިވެރިންގެ ހާއްސަ ނެޓްބޯޅަ މެޗެއް ވަނީ ކުޅެފައެވެ. ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުން ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ރޭވި ޕެރޭޑް މަގުތަކުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން ވަނީ ބޭއްވޭގޮތް ނުވެފައެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދުވެސް ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޑަކުދިންގެ ހަވީރަކާއި ޖަލާލުއްދީން ސްކޫލުގެ ގާލްގައިޑް ކުދިންނާއި ކުޅުދުއްފުށީ ޔަންގް ޖެނެރޭޝަންގެ އަންހެންކުދިންގެ ފުޓުބޯޅަމެޗެއް އޮންނާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355