twitterviber whatsapp telegramfacebookyoutube instagram
13th December 2019

އުރީދޫއިން ދިވެހި ޕްރިމިއަރ ލީގު ސްޕޮންސަރކޮށްފި

Apr 11, 2015

ފުޓްބޯޅަ އެސޯސިއޭޝަނުން ދާދި ފަހުން ރީބްރޭންޑްކުރި ދިވެހި ޕްރިމިއަރ ލީގް އުރީދޫ މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފި އެވެ.

އުރީދޫއިން މި ލީގް ސްޕޮންސަރ ކުރުމާ ގުޅިގެން ދިވެހި ޕްރިމިއަރ ލީގުގެ ނަން އުރީދޫ ދިވެހި ލީގްގެ ނަމަށް ބަދަލުވެގެން ދާއިރު މި ޕާޓްނާރޝިޕްގެ ދަށުން ލީގުގެ ލޯގޯގައި އަދި ކުޅުންތެރިންގެ ޖާޒީގެ އަތުކުރީގައާއި އަދި ގައުމީ ސްޓޭޓިއަމްގައި އުރީދޫގެ ލޯގޯ ފެނިގެން ދާނެ އެވެ.

މި އެކްސްކުލޫސިވް ޕާޓްނަރޝިޕް އެއްބަސް ވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރެއްވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން މުހައްމަދު ޝަވީދު އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހި އެވެ.

އެގޮތުން ވިކްރަމް ވިދާޅުވީ އެފްއޭއެމް އަކީ ވަރަށް ރަނގަޅު ސްޕޮންސަރ ޕާރޓްނާއެއް ކަމަށާއި އެޕްއޭއެމް އާ އެކީ ރާއްޖޭގައި ކުޅުންތެރިން ތަރައްގީކޮށް އަދި ސަޕޯޓަރުންނާއި އިތުރަށް ގުޅުން ބަދަހިކުރުމާއެކީ ރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދެވިދާނެ ކަމަށެވެ. އަދި އޭގެ އިތުރުން އުރީދޫއިން އެފްއޭއެމާއެކު މަސައްކަތް ކުރުމަށް އުންމީދު ކުރާކަމަށާއި މި ޕާރޓްނާރޝިޕްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅައަށް ލޯބުކުރާ ފަރާތްތަކާ ދެމެދު ވަރުގަދަ ގުޅުމެއް ގާއިމްކުރެވޭނެ ކަމަށްވެސް ވިކްރަމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެޕްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާރމަން މުހައްމަދު ޝަވީދު ވިދާޅުވީ އެންމެ ބޮޑެތި ގޮންޖެހުންތައް ގިރާކޮށް ކުރިއެރުމަށް އެޕްއޭއެމްއިން މަސައްކަތްކުރާނެ ކަމަށާއި އުންމީދު ކުރަނީ މި ފަހުރުވެރި ބޮޑު ހިޓަކާއެކު އޭޝިއާ އަދި ދުނިޔޭގެ މިލިނަށްވުރެގިނަ ފުޓްބޯޅަ ސްޕޯޓަރުންނަށް ގުޅާލަން ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގް 8 ކުލަބާއިއެކު ފެށުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލްމަހު ރާއްޖޭގެ ރަސްމީ ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355