twitterviber whatsapp telegramfacebookyoutube instagram
26th January 2020

ބީއެމްއެލްއިން ލުއި އެކްސްޕްރެސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސް އިތުރު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައިފި

Apr 14, 2015

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލޯނުތަކުގެ ތެރެއިން ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލް ލޯނުކަމަށްވާ ލުއި އެކްސްޕްރެސް ލޯނަށް ބޮޑު ދެ ބަދަލެއް ގެނެސްފިއެވެ. މިއީ ގިނަ ކަސްޓަމަރުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ އަދި ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

.މި ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނެއް ނަގާފައިވާ ކަސްޓަމަރަކަށް ނަގާފައިވާ ލޯނުގެ އަދަދު އިތުރުކުރުމުގެ ފުރުސަތު މިހާރު ބީއެމްއެލްއިން ވަނީ ހުޅުވާލާފައެވެ

މީގެ އިތުރުން އެކައުންޓް ޓްރާންސްފަރ، ޗެކް އަދި ނަގުދު ފައިސާއިން މަހުން މަހަށް މުސާރަ ޖަމާވިކަމުގައި ވިޔަސް މިހާރު ލުއި

އެކްސްޕްރެސް ލޯނަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކްއިން ބުނެއެވެ. ބޭންކުން މިހާތަނަށް ލުއި އެކްސްޕްރެސް ލޯނު ދޫކޮށްފައިވަނީ ހަމައެކަނި ބީއެމްއެލްގެ މުސާރަ ޖަމާކުރުމުގެ ހިދުމަތް މެދުވެރިކޮށް އެކައުންޓަށް މުސާރަ ޖަމާކުރާ ފަރާތްތަކަށެވެ.

މި ބަދަލާ ގުޅޭގޮތުން ބޭންކުގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ “ލުއި އެކްސްޕްރެސް ލޯނަކީ ބޭންކުގެ ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ކަސްޓަމަރުން ބޭނުންވާ ލޯނު. މަތީ ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާގެ އިތުރުން ދިރިއުޅުމުގެ ތަފާތު ބޭނުންތަކަށް ކަސްޓަމަރުން ލޯނު ނަގާފައިވާ ކަން ފާހަގަކުރެވޭ. ”

މިއަދު މިގެނެވުނު ބަދަލާއެކު ގިނަ ކަސްޓަމަރުންނަށް މި ލޯނު ބޭނުންކުރެވޭނެ ކަމަށާއި

މިފަދަ ބަދަލުތައް ގެނައުމަށް ގިނަ ކަސްޓަމަރުން އެދިފައިވާއިރު މި ބަދަލުން ދައްކުވައިދެނީ ކަސްޓަމަރުން ބޭނުންވާ ބަދަލުތައް ގެނައުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން ކަމަށް މުހައްމަދު ޝަރީފް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި ހިދުމަތްތަކަށް އިތުރު ފުރިހަމަކަން ގެންނަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން ބީއެމްއެލްއިންވަނީ މިހާރު ދޫކުރަމުންދާ ލޯނުތަކަށް ބަދަލުގެނެސް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލޯނު ލިބޭނެ ފުރުސަތު ހޯދައި ދިނުމަށް ބޭނުންވާ ކަން ހާމަކޮށްފައެވެ.

ލުއި އެކްސްޕްރެސް ލޯނަކީ 20,000 ރުފިޔާއިން ފެށިގެން 50,000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލޯނެކެވެ. ބޭންކުގެ އަމާޒަކީ މި ލޯނަށް އެދި ހުށާހަޅާ ދުވަހުން ފެށިގެން ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ލޯނު ހަމަޖައްސައިދިން ކަމަށް އެ ބޭންކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355