twitterviber whatsapp telegramfacebookyoutube instagram
23rd January 2020

ރޯދަ މަހަށް ފެލިވަރު މަސްދަޅު އަގުހެޔޮ ކޮށްފި

May 26, 2015

ސަރުކާރު ހިއްސާވާ މަސް ކުންފުނިތަކުން ވިއްކާ ފެލިވަރު މަސް ދަޅުގެ އަގު ރޯދަމަހަށް ހެޔޮކޮށްފި އެވެ.

ރޯދަޔަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާ އިރު ކުރިން 848 ރުފިޔާ އަށް ވިއްކި ތެޔޮ މަސް ކޭހަކުން ވަނީ 69 ރުފިޔާ އަގުހެޔޮކޮށްފަ އެވެ. މިހާރު ތެޔޮ މަސް ކޭހެެއް ލިބޭނީ 779 ރުފިޔާ އަށެވެ. 780 ވިއްކި ފެންމަސް ކޭހުން 41 ރުފިޔާ އަގުހެޔޮކޮށް މިހާރު ވިއްކަމުން ދަނީ 739 ރުފިޔާ އަށެވެ.

އޭގެ އިތުރުން ކުރިން ކުރިން 16.75 ރުފިޔާ އަށް ވިއްކި ފެން މަސް ދަޅެއް މިހާރު ވިއްކަނީ 15 ރުފިޔާ އަށެވެ. އަދި 18.25 ރުފިޔާއަށް ވިއްކި ތެޔޮ މަސް ދަޅެއް މިހާރު ވިއްކަނަީ 16.75 ރުފިޔާ އަށެވެ.

ކުންފުނިތަކުން މަސް ވިއްކާ އަގު ހެޔޮކޮށްފައިވާ އިރުރޯދަމަސް ގާތްކޮށް އާންމު ކާބޯތަކެތި ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ސަރުކާރު ހިއްސާވާ އެސްޓީއޯ އިން ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355