twitterviber whatsapp telegramfacebookyoutube instagram
23rd July 2019

އެމިއުޒާސް – ހުނަރުވެރި ޒުވާން މޫނުތަކެއް

Jul 22, 2015

މިދުވަސް ވަރަކީ ސޯޝަލް މީޑިއާގައި އެކި ނަންނަމުގައި ޕޭޖްތައް ހަދައިގެން، އަމިއްލައަށް ތައްޔާރުކުރާ ހެއްވާ މަޖާ ވީޑިއޯ ޕޯސްޓްކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި މިފަދަ ވީޑިއޯތަކަކީ އާންމުންގެ ގެ ތެރޭގައި ވެސް މަގުބޫލުކަން ލިބިފައިވާ ގިނަ ބަޔަކު އެ ވީޑިޔޯތަކެއް ބަލައި އޭގެ ވާހަކަ ދައްކާފަދަ ވީޑިއޯ ތަކެކެވެ.

މި ފަހަރުގެ ރިޕޯޓުގައި މި ހިމަނާލަނީ ގިނަ ބައެއްގެ މެދުގައި ބޮޑު ތަރުހީބެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދަމުން އަންނަ ” އެމިއުޒާރސް” އެވެ.

ސޯޝަލް މީޑިއާގައި އުޅޭ ފަރާތަކަށް މިނަމަކީ އައު ނަމަކަށް ނުވާނެކަން ގައިމެވެ. އަދި އެމިއުޒާރސް ގެ އެއްވެސް ވީޑިއޯއަކީ ނުބަލާ ދޫކޮށްލާ ވަރުގެ ވީޑިއޯތަކެއްވެސް ނޫންމެ އެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަންމު އަންނަ 10 ކުދިންގެ މައްޗަށް އެކުލެވޭ މި ގުރޫޕަކީ މި އަަހަރު ކުރީ ކޮޅު އުފެދިންގެ އައި ހުނަރުވެރި ގުރޫޕެކެވެ.

އެމިއުޒާސްގެ 3 މެމްބަރުން “ކުޅުދުއްފުށި އޮންލައިނަށް” އިންޓަވިއު ދެނީ.(ވ) ގުރޫޕްގެ ފައުންޑަރ ރިޒްހާން (މ) ގުރޫޕްގެ މެމްބަރު ނައުފަލް(ކ) އެޑިޓަރ މަޒީން– ފޮޓޯ: ވާހިދު

ކުރި އަރަމުން އަންނަ މި ގްރޫޕްގެ ފައުންޑާރ އަހުމަދު ރިޒްހާން ބުނީ ވީޑިއޯ ހެދުމުގެ ޝައުގުވެރިކަން އުފެދުނީ ފޭސްބުކް ތެރޭގައި ދައުރުވަމުންދާ އެކި ވީޑިއޯ ބަލައިގެން ކަމަށާއި ގްރޫޕް އުފެދެން ދިމާވީ ރައްޓެހިންގެ ތެރޭގައި ވީޑިއޯ ހެދުމަށް މަޝްވަރާ ކުރެވި އެމީހުންވެސް މިކަމަށް ޝައުގުވެރިކަން އުފެދުމުން ކަމަށެވެ.

މިހާތަނަށް މުޅިންވެސް މަޖާ ވީޑިއޯ ހަދަމުން އަންނަ މި ގްރޫޕްގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި މުޖުތަމައުއަށް މެސެޖެއް ލިބޭނެ ފަދަ ވީޑިއޯތަކެއް ހެދުން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އެފަދަ ވީޑިއޯތައް ފެނިގެން ދާނެކަމަށް އެމިއުޒާރސްއިން ބުނެއެވެ.

މިހާތަނަށް 18 ވީޑިއޯ އާއެކު 1 އިޝްތިހާރު ކުޅެފައިވާ މި ގްރޫފުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ތަރުހީބު ލިބުނު ވީޑިއޯ އެއް ކަމަށް ރިޒްހާން ބުނީ “ދެޓް އެނޮއިން ފްރެންޑް ހޫ އޯލްވޭސް ސިންގް” ގެ ނަމުގައި ހަދާފައިވާ ވީޑިއޯ ކަމަށެވެ.

މި ގްރޫޕްގައި ހިމެނޭ ހުރިހާ ވީޑިއޯއެއްގައި ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ އެޑިޓް ކުރުމުގެ ހުނަރެވެ. އެޑިޓް ކުރުމުގައި އިސްކޮށްއުޅޭ މަޒީން ބުނީ އެޑިޓް ކުރުމަކީ ކުޑައިރުއްސުރެން ކުރާކަމެއް ކަމަށާއި ވީޑިއޯ އެޑިޓް ކުރުމުގައި އާއިލާގެ އެހީތެރިކަންވެސް ލިބޭކަމަށެވެ.

އެމިއުޒާރސް ގްރޫޕް މިގޮތުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓާއި އާއިލާގެ ފަރާތުން ލިބޭ ހިތްވަރުކަމަށް ރިޒްހާން ބުންޏެވެ. އަދި އެކިފަރާތްތަކުން ލިބޭ ހިޔާލުތަކާއި ސްކޫލްގެ ޓީޗަރުންގެ ފަރާތުން ލިބޭ ކޮމަންޓުތަކަކީވެސް މިކަމުގައި ކުރިއަށް ދިއުމަށް ލިބޭ އިތުރު ހިތްވަރެއްކަމަށް ރިޒްހާން ބުންޏެވެ.

މީގެ އިތުރުން މި ގްރޫޕުގެ ވީޑިއޯތަށް ވަނީ ދާދި ފަހުން ސަންގު ޓީވީން ވެސް ދައްކަން ފަށާފައެވެ. ކިހިނެތް ލިބުނު ފުރުސަތެއްތޯ އަހާލުމުން ރިޒްހާން ބުނީ އެފަރާތުން ސަންގުޓީވީ ގައި އެމިއުޒާރސްގެ ވީޑިއޯ ދައްކާލުމަށް ޝައުގުވެރިކަން ފާޅުކުރުމުން އެ ފުރުސަތުގެ ބޭނުން ހިފީކަމަށެވެ. އޭގެ އިތުރުން ދާދި ފަހުން ޓީވީއެމް އިންގެނައި “ރަށްރަށުން” ޕްރޮގްރާމެގެ ހދ ކުޅުދުއްފުށީ އެޕިސޯޑްގައި ވަނީ އެމިއުޒާރސްގެ ހުނަރު ދައްލާފަ އެވެ.

މި ގުރޫޕުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މިއަށްވުރެ ފެންވަރު ރަނގަޅު ވީޑިއޯ ހަދައި މިހާރަށްވުރެ ބޮޑެ ކާމިޔާބީތައް ހޯދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355