twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ބަނޑުހައިވެ އަބަދު ކާހިތްވޭތަ؟

Aug 22, 2015

މިއީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ގަޑިން ގަޑިއަށް ކެއުމަށް އާދަ ހަރުލާފަ ވިއަސް އަބަދު ބަޑުހައިވެ ކާހިތްވެފައި ހުރެދާނެ އެވެ. ހާއްސަކޮށް ބަނޑު ފުރެންދެން ނުކެއެމުން ނުވަތަ ތައްޔާރީ ކާނާއަށް ދެވި ހިފާފަ ހުރުމުންވެސް މިހެން ދިމާވެއެވެ.

ގިނަ ތައްޔާރީ ކާނާއަކީ އޭގައި ގިނަ އަދަދަކަށް ތެޔޮ ހިމެނޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ތެޔޮ ގިނަ އެއްޗެހި ބޭނުން ކުރުމުން އަވަހަށް ބަނޑުލައި ފަލަވާގޮތް ދިމާވެއެވެ. އެހެންކަމުން ކެއުމުގެ ދެގަޑި ދޭތެރޭގައި ބަނޑުހައި ވެއްޖެނެނަމަ މޭވާއެއް ނުވަތަ ތަރުކާރީ ކާށެވެ. ނުވަތަ ކޮންމެވެސް ވައްތަރެއްގެ ނަޓްސް އެއްވެސް ބޭނުން ކުރެވިދާނެ އެވެ.

ކުޑަ ވަގުތުކޮޅެއްގައި ނިދުމަށްފަހު ގިނަ އިރު ހޭލާ އުޅުމުންވެސް އަބަދު ބަނޑުހައިވާ ގޮތް ދިމާވެއެވެ. މިހެންދިމާވަނީ ނިދި ހަމަނުވުމުގެ ސަބަބުން ހޯމޯންސްއަށް އަންނަ ބަދަލުގެ ސަބަބުނެވެ. އަދި ނިދި ހަމަނުވަނީސް ހޭލެވުމުން މީހާ ލޮނޑުވެ ވަރުބަލީވާގޮތް ވުމުން ބަނޑުހައި ކަން އިހްސާސްކުރެވޭނެ އެވެ. އެހެން ކަމުން ހީކުރެވިފައި އޮންނަނީ ގިނައިން ކެއުމުން ހަށިގަނޑުގައި ވަރުޖެހޭނެ ކަމަށެވެ. ނަމަވެސް ހޭލާގޮތަށް މާ ގިނައިން ކެއުމުން އިތުރަށް ވަރުބަލިވެ ކަންނެތްވާ ގޮތް ވެއެވެ. އެހެންކަމުން މަދުވެގެން 7 ނުވަތަ 8 ގަޑިއިރު ނިދަން އާދަކުރާށެވެ.

މަސައްކަތުގައި ބުރަވެ ހާސްވާގޮތް ދިމާވުމުންވެސް ގިނަ ބަޔަކު ހާސްކަން ފިލުވާލުމަށް ގިނައިން ކެވޭގޮތް ވެއެވެ. އެގޮތުން މާބޮޑަށް ރުޅިއައުމުން ނުވަތަ ދެރަވުމުންވެސް ގިނައިން ކެވޭގޮތް ވެއެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ވަރުވަލިކަން ނުވަތަ ހާސްކަން ފިލުވާލުމަށް މިއީ އަދި އެންމެ ރަނގަޅު ގޮތެއްނޫނެވެ. “ސްޓްރެސް ހޯމޯންސް” ހަމައަކަށް އެޅުމަށް ބޭނުންވާނީ ގިނައިން ކެއުމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެވެސް ކުޅިވަރެއް ކުޅެވިދާނެ އެވެ.

ގިނައިން ފެންބުމަކީ ވެސް އަވަސް އަވަހަށް ބަނޑުހައި ކަމުން ދުރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް އަހަރެމެންގެ ހަށިގަނޑަށް ގިނަ އަދަދަކަށް ފެންބޭނުންވާއިރު މިއީ ސިއްހީގޮތުންވެސް ފައިދާ ހުރިކަމެކެވެ. ހާއްސަކޮށް ނިދައި ހޭލުމަށްފަހު ގިނައިން ފެންބުއިމަށް އާދަކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355