twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ލޯ ކައިރި ކަޅުވާތީ ކަންބޮޑުވޭތަ؟

Aug 29, 2015

ލޯ ކައިރި ކަޅުވުމަކީ ގިނަ މީހުން ދިމާވެފައިވާ ކަންބޮޑުމެކެވެ. އަދި މޫނުގެ ރީތިކަން ދެމެހެއްޓުމަށް ލޯ ކައިރި ރީތިކޮށް ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ހާއްސަކޮށް ގިނަ އަންހެންވެރިން ގަބޫލު ކުރެއެވެ.

ލޯ ކައިރި ކަޅުވުމަށް ދިމާވާ އެތަކެއް ސަބަބުތަކެއް ހުރެދާނެއެވެ. އޭގެތެރެއިން ރަނގަޅަށް ނިދި ނުލިބުން، އަވީގައި ގިނައިރު މަސައްކަތް ކުރުމުން ނުވަތަ ހަންގަނޑާ ނުގުޅޭ މޭކަޕެއް ބޭނުން ކުރެވެމުންވެސް މިކަން ދިމާވުން އެކަށީގެން ވެއެވެ.

އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އަދައިގެ މަތިން ބޭނުންކުރެވޭ ބައެއްތަކެތިން ކަޅުވެފައި ހުންނަ ލޯކައިރި އަލިކުރަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

ޓޮމާޓޯ

ޓޮމާޓޯގައި ގުދުރަތީގޮތުން ހަންގަނޑު ރީތިކޮށް މަޑުކޮށްދޭ މާއްދާތަކެއް ހިމެނެއެވެ. އެގޮތުން ޓޮމާޓޯ ދިޔައިގެ ތެރެއައް ކުޑަ ލުނބޯ ހުތް ކޮޅެއް ފެލާލުމަށްފަހު ލޯކައިރި ކަޅުވެފައި ހުރި ހިސާބުގައި އުނގުޅާލާށެވެ. އަދި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފެނުން ދޮވެލާށެވެ. މިގޮތަށް ދުވާލަކު ދެފަހަރު ހެދުމުން ލޯކައިރީގެ ކަޅުކަން ކުޑަވެ އަލިވުމަށް އެހީވެގެންދާނެއެވެ.

އަލުވި

އަލުވި ދިޔައިގެ ތެރެއަށް ކަފަކޮޅެއް ތެއްމާލުމަށްފަހު ކަޅުވެފައި ހުރިހިސާބު ފޮރުވޭވަރަށް ލޯމަތީގައި ބާއްވާލާށެވެ. އަދި އަދި 10 މިނެޓް ކޮށްފައި ފެނުން ދޮވެލާށެވެ.

ޓީ ބޭގްސް

ޓީ ބޭގެއް ބޭނުންކޮށްގެންވެސް ލޯ ކައިރި ކަޅުވުމުން ދުރުކޮށްލެވިދާނެއެވެ. އެގޮތުން ޓީބޭގް ފެނުން ފޯކޮށްލުމަށްފަހު ފްރިޖަށްލައި ފިނިކޮށްލުމަށްފަހު ލޯމަތީގައި ބާއްވާލާށެވެ.

ކިރު

އާދައިގެ ދިރިއުޅުމުގައި ބޭނުން ކުރެވޭ ކިރަކީވެސް ލޯކައިރި ކަޅުވުމަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ. އެގޮތުން ފިނިކޮށްފައި ހުރި ކިރު ތައްޓެއްތެރެއަށް ކުޑަކަފަކޮޅެއް ތެއްމާލުމަށްފަހު ލޯކައިރީގައި އިރުކޮޅަކު ބާއްވާލުމަށް ފަހު ފެނުން ދޮވެލާށެވެ.

އޮރެންޖު ދިޔަ

އޮރެންޖަކީވެސް މި މައްސަލައަށް އޮތް ރަނގަޅު ހައްލެކެވެ. އޮރެންޖު ދިޔައިގެ ތެރެއަށް ކުޑަ ގްލިސަރިންކޮޅެއް އަޅާލުމަށްފަހު ލޯކައިރީގައި ހާކާލާށެވެ. ކަޅުވެފައި ހުރި ލޯކައިރި ރަނގަޅުވުމުގެ އިތުރުން ލޯ ކަައިިރި އިތުރަށް އަލިވެ އޮމާންވެގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355