twitterviber whatsapp telegramfacebookyoutube instagram
24th August 2019

ރަހުނާ ނުލައި ދޫކުރާ ލޯން ސްކީމެއް ބީއެމްއެލްއިން ތައާރަފްކޮށްފި

Aug 27, 2015

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ވިޔަފާރިތައް ކުރިއެރުވުމުގައި ބީއެމްއެލްގެ ދައުރު ފުޅާކުރުމުގެ ގޮތުން ރީޓޭލް ވިޔަފާރިތަކަށް ހާއްސަކޮށްގެން “ބީއެމްއެލް ރީޓެއިލަރސް ލޯނުގެ” ނަމުގައި މިއަދު ލޯނެއް ތައާރަފްކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގައި ވިޔަފާރިތަކަށް އަމާޒުކޮށްގެން ރަހުނަކާ ނުލައި ދޫކުރާ ފުރަތަމަ ލޯނެވެމި ލޯނު މެދުވެރިކޮށް ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެ އެވެ.

. ބީއެމްއެލްއިން ބުނީ މުދާގަތުމާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ކުރުމުއްދަތެއްގައި ހޯދުމަށް މިލޯނު ބޭނުންކުރެވިދާނެކަމަށާއި އިތުރު ރަހުނަކާ ނުލައި(1) 500,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭއިރު ، މި ލޯނު އަނބުރާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

އަދި 500,000 ލައްކަ އަށް ވުރެ މަތީ އަދަދުގެ ލޯނުތަކަށް ރަހުނު ހުށަހަޅަން ޖެހޭއިރު މި ލޯނަށް އެދި ހުށަހެޅޭނީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް މަހެއްގެ މައްޗަށް އެވެރެޖްކޮށް 50,000ރުފިޔާގެ ވިޔަފާރިކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެފަރާތުން މައުލޫމާތުދެ އެވެ. މި ފަރާތްތަކަށް މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ކޮށްފައިވާ ވިޔަފާރީގެ 5 ގުނަ އާ ހަމަޔަށް ލޯނަށް އެދުމުގެެ ފުރުސަތު ލިބިގެންދާނެއެވެ.

މި ލޯނު ތައާރަފްކުރުމަށް ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މރ. އެންޑްރޫ ހީލީ ވިދާޅުވީ ރީޓޭލަރސް ލޯނަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމަށް ވީ ވައުދުގެ ދަށުން ރީޓެއިލް ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފްކުރެވުނު ލޯނެއް ކަމަށެވެ.

އަދި މި ލޯނުގެ ސަބަބުން ގައުމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް މަގު ފަހިވެގެންދާނެ ކަމަށާއި ވިޔަފާރިވެރިން މި ލޯނަށް ޝައުގުވެރިވާނެ ކަންތައްތަކުގެ ތެރޭގައި ރަހުނެއް ބޭނުންނުވުމާއި އަދި ޕްެރޮސެސްކުރާ މުއްދަތު އަވަސް ވުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ވިޔަފާރިވެރިންނަށް ލުއި ފަސޭހަކަމާއެކު ވީހާވެސް އަވަހަށް މި ލޯނު ލިބޭނެގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ލޯނު ޕްެރޮސެސްކުރުމަށް ބޭންކުންވަނީ 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ. އަދި ކަސްޓަމަރުން ބޭނުންވާ ނަމަ ލޯނުގެ ބަދަލުގައި އޯވަރޑްރާފްޓް(2) އަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މި ލޯނަށް އެދޭ ފޯމާއި ލޯނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭންކުގެ ވެބްސައިޓް އިންނާއި ބީއެމްއެލްގެ ބްރާންޗުތަކުން ލިބެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355