twitterviber whatsapp telegramfacebookyoutube instagram
26th January 2020

ދިރާގުން އެލްޓީއީ-އޭ ނެޓްވޯކުގެ ހިދުމަތް ދޭންފަށައިފި

Sep 10, 2015

ދިރާގުން އެލްޓީއީ-އޭ ގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.

އެގޮތުން ދިރާގު ވެގެން ދާނީ ދެކުނު އޭޝިޔާގެ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ މި ހިދުމަތް ދޭންފެށި ކުންފުންޏެށެވެ.

އެލްޓީއީ-އެޑްވާން 300އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް  ފޯރުކޮށްދޭނެ އެެވެ. އޭގެ އިތުރުން އެލޓީއީ އަށް ވުރެ އިތުރަށް ހަލުވި ސްޕީޑެއްގައި މިޓޭޑާ ބޭނުންކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އަދި އެންމެ ފަހުގެ ޒަމާނީ ޑިވައިސްތައް މި ހުރީ އެލްޓީއީ-އޭ ސަޕޯޓުކުރާ ޑިވައިސްތަކެއްގެ ގޮތުގައި ކަމަށާއި މިހާރު ވެސް ރާއްޖޭގައި މި ޑިވައިސްތައް އެބަހުރި ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މި ހިދުމަތަކީ ސައުތު އޭޝިޔާގައި އަލަށް ދެވުނު ހިދުމަތަކަށް ވާތީ މި ހިދުމަށް ފުރަތަމަ ދޭންފެށި ކުންފުންޏަށް ދިރާގު ވުމުން އެކަމާ އުފާކުރާ ކަމަށް ދިރާގުން މައުލޫމަތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355