twitterviber whatsapp telegramfacebookyoutube instagram
24th August 2019

އީދު ބަންދާ ދިމާކޮށް ކުޅުދުއްފުށީގެ ގެސްޓް ހައުސްތަކުގެ ޑިމާންޑު ބޮޑުވެއްޖެ

Sep 15, 2015

އީދު ބަންދާއި ދިމާކޮށް ކުޅުދުއްފުށީގެ ގެސްޓް ހައުސްތަކުގެ ޑިމާންޑު ބޮޑުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ގެސްޓް ހައުސް ހިންގާ ބައެއް ފަރާތަކުން ބުނީ މިއަހަރު އީދާ ދިމާކޮށް ގެސްޓް ހައުސްތަކުގެ ޑިމާންޑް ބޮޑުވީ ޕްރެޒިޑެންޓް ކަޕްގައި ކުޅުދުއްފުށިގައި ކުޅޭ ހަތަރު ޓީމް އައިސްގެން އުޅޭތީ ކަމަށެވެ.

ކުޅުދުއްފުށީގައި ހިންގާ ގެސްޓް ހައުސެއް–ފޮޓޯ: ވާހިދު

ކޮންމެ އަހަރަކުވެސް ބޮޑު އިދާ ދިމާކޮށް ގިނަ ބަޔަކު ކުޅުދުއްފުއްޓަށް ޒިޔާރާތްކުރާއިރު މިފަހަރު މިހާ ބޮޑަށް ޑިމާންޑް ބޮޑުވީ ބޮޑެތި ގެސްޓް ހައުސްތަކުގެ ޖާގަތައް ފުލްކޮށް އުޅޭތީ ކަމަށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ ފަރާތަކުން ބުނެ އެވެ.

ގެސްޓް ހައުސްތައް ފުލްވެފައިވާތީ ކުލީ ކޮޓަރި ދޫކުރާ ތަންތަނުގެ ޑިމާންޑުވެސް ވަނީ ބޮޑުވެފަ އެވެ. އަދި ދުވަހު ކުއްޔަ ކުލި ދައްކާ ކޮޓަރުތައް ގެންގުޅޭ ފަރާތަކުން ވަނީ އީދާ ދިމާކޮށް ކޮޓަރިތަކުގެ އަގުބޮޑުކޮށްފަ އެވެ.

ކުޅުދުއްފުށިގައި ހިންގާ ގެސްޓް ހައުސެއް–

ކުޅުދުއްފުށިގައި މައިގަނޑުކޮށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ 7 ތަނެއް ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355