twitterviber whatsapp telegramfacebookyoutube instagram
20th October 2019

އުރީދޫއިން އައިފޯން ގަންނަ ފަރާތްތަކަށް ހިލޭ ކޯލް އަދި ޑޭޓާ

Oct 8, 2015

އުރީދޫ އިން އައިފޯން 6އެސް އަދި 6އެސް ޕްލަސް ގަތުމުން ހިލޭ ކޯލް އާއި ހިލޭ ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ އަގު ދެއްކުމަށް ފަހު އައިފޯން ގަންނަ ފަރާތްތަކަަަށް 1 އަހަރު ދަވަހަަށް ކޮންމެ މަހަކު 1 ޖީބީގެ ޑޭޓާ އަދި 100 މިނެޓްގެ ކޯލް ލިބޭނެކަމަށް އުރީދޫގެ ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އިންސްޓޯލްމެންޓަށް އައިފޯން ގަންނަ ފަރާތްތަކަށް އުރީދޫގެ ޕޯސްޓް ޕެއިޑް ޕެކޭޖް 499 ނުވަތަ 999 ނަގަން ޖެހެ އެވެ. އެގޮތުން މި ޕެކޭޖް އާއިއެކު އުރީދޫ ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލްސް އާއި އަންލިމިޓެޑް އެސްއެމްއެސް އަދި މަހަކު ދިހަ ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެކަމަށް ނޫރާ ވިދާޅުވި އެވެ.

މީގެ އިތުރުން ފޯނުގެ ޖުމްލަ އަގު ދައްކާފަ އުރީދޫގެ މި ދެ ޕެކޭޖް ނަގާ ފަރާތްތަކަށް ފޯނުގެ އަގުން 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން އިންސްޓޯލްމެންޓަށް އައިފޯން ނެގޭނީ ޑައުންޕޭމެންޓްގެ ގޮތުގައި 3999 ރަފިޔާ ދައްކުމަށް ފަހު ކޮންމެ މަހަކު 549 ދައްކާގޮތަށެވެ.

އޭގެ އިތުރުން އުރީދޫ އިން އައިފޯން 6އެސް އަދި 6އެސް ޕްލަސްއެއް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، އެޕަލް ވޮޗްއެއް ލިބޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355