twitterviber whatsapp telegramfacebookyoutube instagram
22nd September 2019

އިސްތަށިގަނޑު ނުރަވާނަމަ ހިކަނދިފަތް ބޭނުން ކުރެވިދާނެ

Nov 9, 2015

ހިކަނދި ފަތަކީ ހަމައެކަނި ކެއްކުމުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫނެެވެ. ހަށިގަނޑަށް ލިބޭ ފައިދާގެ އިތުރުން އެހެން ފައިދާތައް ވެސް ހިކަނދި ފަތުން ހޯދި ދާނެއެވެ.

ހާއްސަކޮށް ރީތި ވުމަށްވެސް ހިކަނދިފަތް މިއީ ރަގަނޅު ފަރުވާއެކެވެ.

ބޮލުގައި ހަންފޮޅި ނުވަތަ އިސްތަށި ފައިބާ، އިސްތަށިގަނޑު ނުރަ ވާނަމަ ހިކަނދިފަތާއި ކާށި ތެޔޮ ބޭނުން އެއްކޮށްގެން ބޭނުން ކުރާށެވެ. ކާށި ތެޔޮ އަދި ހިކަނދިފަތަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ، އަދި އިސްތަށިގަނޑަށް އަރާ ފުސްކަން ފިލުވާލުމަށް ރަނގަޅު ފަރުވާ އެކެވެ. އަދި މާގިނައިން އިސްތަށި ފައިބާނަމަ ހިކަނދިފަތް އަދި ކުޑަ ކިރު ކޮޅަކާއި އެއްކޮށް އޮލަކޮށް ގިރާލުމަށް ފަހު އިސްތަށިގަނޑުގައި ހާކާށެވެ.

އޭގެ އިތުރުން މޫނުގައު ބިހި ނަގާނަމަ ކުޑަ ރީދޫ ކޮޅަކާއި މުގުރާފައި ހުރި ހިކަނދިފަތްކޮޅެއް އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅާށެވެ. ބޭނުންނަމަ ފޭސްޕެކެއް ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ، ފޭސްޕެެކެއްގެ ގޮތުގައި ބޭނުން ކުރާނަމަ ރޯޒް ވޯޓާރ ކޮޅެއް މިކްސް ކުރާއިރު އިތުރަށް އެއްކޮށްލެވިދާނެ އެވެ.

ހިކަނދިފަތް އަހަރެމެން އާންމުކޮށް މި ބޭނުން ކުރަނީ ކެއްކުމުގަ އެވެ. އެގޮތުން ހިކަނދިފަތުން ހަށިގަނޑަށް ކުރާ ފައިދާތަކަށް ބަލާލާނަމެވެ.

އެގޮތުން ހަކުރުބަލި ހުންނަ މީހުންނަށް މިއީ ރަގަނޅު ބޭހެކެވެ، ކެއުމުގައި ހިކަނދިފަތް ބޭނުން ކުރާނަމަ ލޭގައި ހަކުރު ހިމެނޭ މިންވަރު ކުޑަކޮށްދެ އެވެ. އަދި ބަރުދަން ލުއި ކުރުމަށްވެސް ހިކަނދިފަތް މިއީ ހާއްސަ އެއްޗެކެވެ. ޑައިޓް ކުރައްވާ ފަރާތްތަކުން ހިކަނދިފަތް ގަވައިދުން ބޭނުން ކުރާނަމަ އަވަހަށް ބަރުދަން ލުއިވުމަށް އެހީވެދެއެވެ.

އޭގެ އިތުރުން ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށްވެސް ހިކަނދިފަތް އެހީތެރިވެދެއެވެ. ހާއްސަކޮށް ލޭގައި ހިމެނޭ ކޮލެސްޓްރޯލް ލެވެލް ދައްކޮދީ ހަށިގަނޑަށް ބޭނުންވާވަރަށް އެންޑިއޮކްސިޓެންޑް ފޮނުވާދެ އެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355