twitterviber whatsapp telegramfacebookyoutube instagram
19th January 2020

މޯލްޑިވިއަން އިން ސްކޫލް ބަންދާ ދިމާކޮށް ބެންކޮކަށް ހާއްސަ ދަތުރުތަކެއް ހަމަޖައްސައިފި

Nov 28, 2015

ގައުމީ އެއަރ ލައިން މޯލްޑިވިއަން އިން ސްކޫލް ބަންދާ ދިމާކޮށް ބެންކޮކަށް ހާއްސަ ދަތުރުތަކެއް ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ 14، 21 އަދި 26 ވަނަ ދުވަހަށް ހަމަޖެހިފައިވާ މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 355 ޑޮލަރުންނެވެ. އެއީ 5474 ރުފިޔާއެވެ.

މި ހާއްސަ ދަތުރުތަކު ދަށުން މާލެއިން ބެންކޮކަށް ދަތުރުކުރާ ފްލައިޓް ކަނޑައެޅިފައި ވަނީ ޑިސެމްބަރު 14 އަދި 21 ގެ ދުވަހުއެެވެ. އަދި ބެންކޮކުން މާލެއަށް ދަތުރު ކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 21 އަދި 26 ވަނަ ދުވަހުއެވެ.

މީގެ އިތުރުން މޯލްޑިވިއަން އިން ވަނީ ޖެނުއަރީ 2 ފެށިގެން 10 ގެ ނިޔަލަށް ކޮންމެދުވަހަކު ހަނިމާދޫއިން ޓްރިވެންޑްރަަމަށް ހާއްސަ ދަތުރުތަކެއްވެސް ހަމަޖައްސާފައިއެވެ.

ދިވެހީންގެ ވިޔަފާރީގެ މަރުކަޒެއްކަމަށްވާ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވަނީ މިއަހަރުގެ މާރޗު މަހުގެ 20 ވަނަ ދުވަހުއެވެ.

ބެންކޮކް ދަތުރުތަކަށް މޯލްޑިވިއަންއިން ބޭނުން ކުރަމުން އަންނަނީ އެ އެއާލައިންގެ އެއާބަސް ފުލައިޓުތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355