twitterviber whatsapp telegramfacebookyoutube instagram
24th August 2019

ސައޫދީއިން ދުނިޔޭގެ އެންމެ އުސް ޓަވަރު އިމާރާތް ކުރަނީ

Dec 1, 2015

ދުނިޔޭގައި މިހާރު ހުރި އެންމެ އުސް އިމާރާތުގެ ގޮތުގައި ދުބާއީގެ ބުރުޖް އަލް ޚަލީފާ ހޯދާފައިވާ ލަގަބު ވަރަށް އަވަހަށް ސައޫދީ އަރަބިއާ އިން ހޯދާނެ އެވެ. ސައޫދީ އަރަބިޔާއިން މިހާރުވަނީ ޖިއްދާ ޓަވަރުގެ މަސައްކަތް ފަށާފައެވެ. މިޓަވަރުގެ މަސައްކަތް 2020 ވަނަ އަހަރު ނިމޭނެކަމަށް ލަފާކުރާއިރު، މި ޓަވަރު ވެގެންދާނީ ދުނިޔޭގައި މިހާތަނަށް ނުހަދާ އުސްމިނުގައި ހަދާފައިވާ ޓަވަރަކަށެވެ.

ޖިއްދާ އެކޮނޮމިކް ކޮމްޕެނީ އާއި ސައޫދީގެ އަލިމްނާ އިންވެސްޓްމަންޓް ގުޅިގެން ޖިއްދާ ސިޓީ ތަރައްގީ ކުރަމުންދާއިރު، ޖިއްދާ ސިޓީ ޕްރޮޖެކްޓަށް 2.2 ބިލިޔަން ޑޮލަރު ހަރަދު ވާނެއެވެ. އަދި ކިންގްޑަމް ޓަވަރުގެ ނަން ކުރިން ކިޔާނެކަމަށް ބެލެވުނު، ޖިއްދާ ޓަވަރު އިމާރާތް ކުރުމަށް 1.23 ބިލިއަން ޑޮލަރު ހަރަދުވާނެ އެވެ.

ޖިއްދާ ޓަވަރު ނިމުމުން އުސްމިނުގައި 3،280 ފޫޓު (1 ކިލޯ މީޓަރު) ހުންނާނެއެވެ. ދުބާއީގެ ބުރުޖް އަލް ޚަލީފާގައި ހުންނަނީ 2،716 ފޫޓެވެ.

“މިއާއެކު ރިއަލް އެސްޓޭޓް ދާއިރާގައި މީގެ ކުރިން ނުދެވޭ އުސްމިންތަކަށް ދެވޭނެ. އަދި ދުނިޔޭގެ ފެންވަރުގެ އެންމެ ކުރިއަރާފައިވާ ލައިފްސްޓައިލް އާއެކު ތަރައްގީ ގެނެވޭނެ. ޖިއްދާ ސިޓީގައި ފަހުރުވެރިވާވަރުގެ ބިނާއެއް ހުންނާނެ. އަދި ސިޓީގައި ހުރިހާ ދާއިރާއެއްގެ ޚިދުމަތްތައް ލިބެން ހުންނާނެ. މިއީ ކުންފުނީގެ އަމާޒަކީ.” ޖިއްދާ އެކޮނޮމިކް ކޮމްޕެނީގެ ސީއީއޯ މޫނިބް ހަމޫދު ސައޫދީ ގެޒެޓްއަށް ދީފައިވާ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

ޖިއްދާ ޓަވަރު ވެގެންދާނީ އާކިޓެކްޗުރަލް ދާއިރާ އާއި އިންޖިނިއަން ދާއިރާގެވެސް ބޮޑު ޗެލެންޖަކަށެވެ. އިމާރާތް ނިމޭއިރު ރެޑްސީ ފެންނާނެހެން 200 ފަންގިފިލާ ހުންނާނެއެވެ. އިމާރާތް ކުރުމަށް 5.7 މިލިއަން އަކަފޫޓުގެ ކޮންކްރީޓާއި 80،000 ޓަނުގެ ދަގަނޑު ބޭނުންކުރާނެއެވެ. 200 ފޫޓު އަޑިއަށް ފައުންޑޭޝަން އަޅާއިރު، ސަރަހައްދަކީ ކުރިމަތީގައި ބޮޑު ކަނޑެއް އޮންނަ ސަރަައްދެއްކަމުން ލޮނުގެ އަސަރުން ސަލާމަތްވުމަށް ވެސް ރޭވުންތަކެއް ރާވަން ޖެހޭނެ އެވެ. މިކަމަށްޓަކައި އެންމެ ކުރިއަރާފައިވާ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ ބޭނުން ކުރާނެ އެވެ.

އަދި ޓަވަރުގެ އުސް މިނަށް ބަލާއިރު، އިމާރާތުގައި ވައި ނާޅާނެހެން ފަރުމާތައް ވަނީ ހަދާފައެވެ. އަދި މަތީ ފަންގިފިލާތަކަށް ކޮންކްރީޓު ފޯރުކުރުމަކީވެސް ބޮޑު ޗެލެންޖަކަށް ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355