twitterviber whatsapp telegramfacebookyoutube instagram
24th August 2019

“ކަނބަލުންގެ ސްކޫލް ބުރުތައް ލުއިވަނީ” ނަމުގައި ލިޓަސްއިން ޕްރޮމޯޝަނެއް ފަށައިފި

Dec 2, 2015

ޒުވާނުންގެ މެދުގައި މަގުބޫލު ގިނަ ވައްތަރުތަކެއްގެ ސައިކަލް ވިއްކަމުންގެންދާ ލިޓަސް އޮޓޯމޮބައިލްސްއިން “ކަނބަލުންގެ ސްކޫލް ބުރުތައް ލުއިވަނީ” ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

މައިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގައި ސައިކަލް ގަންނަ މައިންގެ 15 އަހަރުން ދަށުގެ ކޮންމެ ދަރިއަކަށް ސައިކަލްގެ އަގުން 1000ރ ޑިސްކައުންޓް ލިބޭނެ ކަމަށް ލިޓަސްއިން ބުނެއެވެ.

ޑިސްމެބަރު މަހު 31 ގެ ނިޔަލަށް ކުރިޔަށް ދާ މި ޑިސްކައުންޓް ޕްރޮމޯޝަނުގައި ސައިކަލް އިންސްޓޯލްމެންޓަށާއި އެއްފަހަރާ ފައިސާ ދައްކައިގެން ނަގާ ބޭފުޅުންނަށްވެސް ލިބޭނެ ކަމަށް ލިޓަސްއިން ބުނެއެވެ.

ސައިކަލް ގަންނަ ފަރާތްތަކުގެ ތެރެއިން އެއްފަހަރާ ފައިސާ ދައްކާ މީހުންނަށް މި ޑިސްކައުންޓް ލިބޭނީ ފުލް ޕޭމެންޓް ޑިސްކައުންޓްގެ އިތުރުންނެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކާ މީހުންނަށް ޑިސްކައުންޓް ދެގުނަ އިތުރު ވެގެންދާނެ ކަމަށް ލިޓަސްއިން ހާމަކުރެއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް ސައިކަލް ގަންނަ އިރު ދަރިންގެ އައިޑީކާޑުގެ ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭނެ އެވެ.

މި ޕްރޮމޯޝަނުގެ މަގުސަދަކީ ސްކޫލަށް ދަރިން ގެންގޮސް ގެނެސް އުޅޭ މައިންނަށް ލުއި ކޮށްދިނުން ކަމަށް ލިޓަސް އިން ބުނެއެވެ.

މާލޭގައި ހުންނަ ލިޓަސް ފިހާރައިގެ އިތުރުން ލިޓަސް އޭޖެންޓް “ކުޅުދުއްފުށި އޮންލައިން” އިންވެސް މި ޕްރޮމޯޝަން ދަށުން ސައިކަލް ގަންނަން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355