twitterviber whatsapp telegramfacebookyoutube instagram
26th January 2020

ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފުޅާކޮށްފި

Dec 8, 2015

ބޭންކް އޮފް މޯލްޑިވްސްގެ އިސްލަމިކް ބެންކިންގ ހިދުމަތްތައް ފުޅާކޮށް ވިޔަފާރިތަކަށް ތައާރަފް ކޮށްފިއެެވެ.

އެގޮތުން “ވަދީޢާ ބިޒްނަސް އެކައުންޓް”ގެ ނަމުގައި އިއްޔެ ވަނީ އާ ޑިޕޮސިޓް އެކައުންޓެއް ތައާރަފްކޮށްފައި އެވެ.

ބީއެމްއެލް އިސްލާމިކް އިތުރަށް ފުޅާކޮށް ވިޔަފާރިތަކަށް އަމާޒުކޮށްގެން މި ހިދުމަތަކީ އިސްލާމީ އުސޫލުން ބޭންކިން ހިދުމަށް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފް ކުރެވުނު ހިދުމަތެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ޝަރުއީ ހަމަތަށް ފުރިހަމައަށް ފެތޭ އަދި އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ވަދީއާ ބިޒްނަސް އެކައުންޓް ހިދުމަތުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެހެން ކަމުން ކަސްޓަމަރުން ޖަމާކުރާ ފައިސާ ބެހެއްޓޭނީ ވަކި ފަންޑެއްގައި ހަމައެކަނި ޝަރުއީ ހަމަތަކާ އެއްގޮތަށް ހާއްސަކުރެވިފައިވާ ކަންކަމުގައި ބޭނުންކުރުމަށް ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންޑިރެކްޓަރ އެންޑްރޫ ހިލީ ވިދާޅުވީ މި ހިދުމަތް މެދުވެރިކޮށް ވިޔަފާރިަތަކަށް އިސްލަމިކް ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި ވިޔަފާރިތަކުގެ މާލީ ބޭނުންތަކާ ގުޅޭ މައުލޫމާތު ހޯދުމަށޤ ވަކި ހާއްސަ ޓީމެއްގެ އެހީތެރިކަން އެފަރާތަކަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި އަހަރު ކުރީކޮޅު ބީއެމްއެލްއިން ވަނީ ވަދީޢާ ޕާރސަނަލް އެކައުންޓާއެކު ބީއެމްއެލް އިސްލާމިކް” ގެ ހިދުމަތް ފަށާފައި އެވެ. އަދި އެ ހިދުމަތާއެކު ފުރަތަމަ ފަހަރަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން އިސްލަމިކް ބޭންކިންގ ހިދުމަތް ދޭންފެށި ބޭންކްއަކަށް ބީއެމްއެލް ވެގެންދިޔައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355