twitterviber whatsapp telegramfacebookyoutube instagram
17th July 2019

ތިމާގެ ހުރިހާ ކަމެއްގައި ބައިވެރިޔާއަށް ދޫ ދިނުން ރަނގަޅެއް ނޫން

Feb 4, 2016

ދެމީހަކު ގުޅިގެން އެކުގައި ހަޔާތެއް ފަށާއިރު އަމާޒަކަށް ވާނީ އުފާވެރި ދިރިއުޅުމެކެވެ. އެހެންނަމަވެސް ހެދޭ ގޯހަކުން ގުޅުން ކެނޑި ދެމީހުން ވަކިވާން ޖެހެނީ މަދެއްކޮށެއް ނޫނެވެ. އެއްބަޔަކު ޖެހޭ މައްސަލަ ހައްލުކޮށް އެކުގައު ކުރިއަށް ދާން ބޭނުވެދާނެ އެވެ. އަދި އަނެއް ބަޔަކު މައްސަލަޖެހުމުން ފޫހިވެ ވަކިވާން ބޭނުން ވާނެއެވެ. ކޮންމެ ބަޔަކުވެސް ދިރިއުޅުން ބާއްޖަވެރި ކުރުމަށް ބައެއް ކަންކަން ގުރުބާން ކުރާނެއެވެ. އެހެންނަމަވެސް މި 4 ކަންތައް ގުުރުބާން ނުކުރާށެވެ.

އަމިއްލަ މިނިވަންކަން

ބައެއް ފަހަރު ދިމާވާ މައްސަލައެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ލިބެންޖެހޭ މިނިވަންކަން ނުދެވުމެވެ. ކޮންމެ މީހަކަށް ވެސް މިނިވަންކަން ބޭނުން ވާނެއެވެ. އެހެންނަމަވެސް ވަކި ހައްދެއްގެ ތެރޭގައެވެ. ތިމާގެ ބައިވެރިޔާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެމެ ރައްޓެހިން އެކީ ނުވަތަ އާއިލާ މީހުން އެކީ ތަންތަނަށް ދިއުން މަނާ ކުރެވޭ ފަހަރު އާދެއެވެ. ހަމައެކަނި ތިމާއެކު ނޫނަސް ރަހުމަތްތެރިންނާއި އެކު ވެސް ހިތްއުފާ ކުުރުމުގެ ފުރުސަތު ބައިވެރިޔާއަށް ދެވެން ވާނެއެވެ.

އަމިއްލަ ނަފްސު

ކޮންމެ މިހަކީވެސް އަމިއްލަ ގޮތްތަކެއް ގެންގުޅޭނެ މީހެކެވެ. އެމީހެއްގެ މިޒާޖާއި ގުޅޭގޮތުން އަމިއްލަ އުސޫލުތަކެއް ގެންގުޅޭ މީހެކެވެ. އަދި ގެންގުޅޭ އުސޫލުތަށް ގިނަފަހަރު ވަނީ ބަދަލުކުރަން އުނދަގު ކަމަށެވެ. ލޯބިވެރިޔާއެކު ނުވަތަ ކައިވެނި ކުރުމަށްފަހު ނަަމަވެސް ތިމާގެ މިޒާޖާއި ކަންކަމުގައި ގެންގުޅޭ އުސޫލު ބަދަލު ކުރުމަށް ބުނުމަކީ އިންސާފަކަށް ނުވާނެއެވެ. ގޯސްކަމެއް ނުވަތަ ނޭދެވޭ އަމަލެއް މެނުވީ އެވެ. ތިމާގެ އުޅުމުގެ ވައްޓަފާޅިއަށް އިހްތިރާމް ނުކުރެވޭ މީހަކާއި އެކު ހަޔާތެއް ފެށުމަކީ ހެދޭ ގޯހަކަށް ވެދާނެއެވެ.

އުފާވެރިކަން

އުފާވެރިކަމޭ މިބުނަނީ އަންހެން ކުއްޖެނަމަ ޑްރާމާ ސީރީޒް ބެލުމެވެ. ފިރިހެން ކުއްޖެނަމަ ފުޓްބޯޅަ މެޗެއް ބެލުމެވެ. ތިމާއަށް އުފާވެރިކަންމެއް ލިބޭ ކުދިކުދި ކަންކަމަށްވެސް އަނެއްކާއަށް ހުރަސް އެޅުމުގެ ހައްގެ ނޯންނާނެ އެވެ. އެހެންނަމަވެސް އެކަކު އަނެއްކަކަށް އަދާކުރަން ޖެހޭ ވަޖިބުތަށް ވާންވާނީ ޑްރާމާއަކަށް ނުވަތަ ފުޓްބޯޅަ މެޗަކަށްވުރެ މުހިއްމު ކަމަކަށެވެ.

އަމިއްލަ ހުވަފެންތަށް

ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހާސިލް ކުރަން ބޭނުންވާ ހުވަފެންތަކެއް ހުންނާނެވެ. ޔަގީނުންވެސް އެ ހުވަފެންތަށް ހާސިލް ކުރުމަށް ތިމާގެ އެންމެ ގާތް މީހުންގެ އެހީތެރިކަން ބޭނުން ވާނެއެވެ. ތިމާއާއި އެކު އެހުވަފެންތަށް ހާސިލްކުރުމަށް މަސައްކަތް ނުކުރެވޭ މީހަކަށް ތިމާގެ އެއްވެސް ކަމެއްގައި ހިތްވަރެއް ނުދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355