twitterviber whatsapp telegramfacebookyoutube instagram
17th October 2019

އުރީދޫއިން ވައިބަރ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފި

Jan 19, 2016

އުރީދޫ މޯލްޑިވެސް އިން ވައިބަރ އާ ގުޅިގެން ވައިބަރ މޮބައިލް އެޕް ބެނުން ކުރުމަށް ހާއްސަ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފިއެވެ.

މި ވައިބަރ ޕެކްތަކުގެ ހިދުމަތް ބޭނުން ކުރައްވައިގެން ވައިބަރ މޮބައިލް އެޕް މެދުވެރިކޮށް ހެޔޮ އަގެއްގައި ޗެޓްކޮށް، ސްޓިކަރ ފޮނުވައި ފޮޓޯ އަދި ވީޑީއޯ ޝެއަރ ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ވައިބަރ ޕްކަތަކުގެ ތެރޭގައި ހިމެނެނީ “ވައިބަރ5” ޕެކްއަކާއި “ވައިބަރ11” ޕެކްްއެވެ. މީގެތެރެއިން “ވައިބަރ5” ޕެކް ހިޔަރު ކުރައްވައިގެން އެންމެ ފަސް ރުފިޔާއަށް 30 އެމްބީގެ އެލަވެންސްއަކާއިއެކު ވައިބަރ ބޭނުން ކުރެވޭނެއެވެ. އަދި “ވައިބަރ11” ގައި 11 ރުފިޔާއަށް 80 އެމްބީގެ އެލަވެނެސްއަކާއި އެކު ވައިބަރ ބޭނުން ކުރެވޭނެއެވެ.

މި ހިދުމަތް އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭނެއެވެ. މި ހިދުމަތް ހިޔާރު ކުރުމަށް 5 ނުވަތަ 11 ޖެއްސުމަށް ފަހު 5555 މެސެޖް ކުރުމުން ފެކް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި އެކްޓިވޭޓް ކުރުމަށްފަހު *200*18# ޖެއްސުމުން ޕެކްގައި ހިމެނޭ ޑޭޓާ އެލަވެންސްގެ ބާކީ ބެލޭނެއެވެ.

މި ހިދުމަތް ތައާރަފް ކުރަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 606 މިލިއަނަށްވުރެ ގިނަ މީހުން ބެނުން ކުރާ ވައިބަރ މޮބައިލް އެޕްލިކޭޝަންއަށް ހާއްސަކުރެވިފައިވާ ޗެޓް ޕެކްތަކެއް ވައިބަރއާއި ގުޅިގެން ރާއްޖެއަށް ތައާރަފް ކުރެވިގެން ދިޔުމަކީ އެ ފަރާތައް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ހިދުމަތާއެކު ކޮންމެ ކަސްޓަމަރަކަށްވެސް ވަރަށް ފަސޭހަކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ގާތްތިމާގެ މީހުންނާ ވާހަކަ ދައްކައި ގުޅުން ބަދަހި ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355