twitterviber whatsapp telegramfacebookyoutube instagram
17th October 2019

ދުބާއީގައި މިހާތަނަށް އަޅައި އެންމެ ބޮޑު ޕާކުގެ ޑިޒައިން ދައްކާލައިފި

Mar 6, 2016

ދުބާއީ ޕާކްސް އެންޑް ރިސޯޓްސްގެ އާކިޓެކްޗަރަލް މޮޑެލް މިދިޔަ އަންގާރަ ދުވަހު ދައްކާލައިފިއެވެ.

2.8 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ދުބާއީގައި މިހާތަނަށް އަޅާ އެންމެ ބޮޑު ޕާކުގައި 3 ތީމެއް ހިމެނެއެވެ. އެއީ މޯޝަން ގޭޓް ދުބާއީއާއި ބޮލީވުޑް އަދި ލެގޮލޭންޑްއެވެ.

ދުބާއީ ޕާކްސް އެންޑް ރިސޯޓްސްގެ ޗީފް އެގްސެކިއުޓިވް އޮފިސަރ ރައެޑް އަލް ނުއާމީ ބުނާ ގޮތުގައި މިއީ ދުނިޔޭގައި މިފަދަ ޕާކެއް ހުޅުވޭ ފުރަތަމަ ފަހަރު ކަމަށާއި 2020 ވަނަ އަހަރު މި ޕާކަށް 20 މިލިއަން މީހުން ޒިޔާރަތް ކޮށް ދުބާއީގެ އެންމެ ބޮޑު ޓުއަރިސްޓް ޑެސްޓިނޭޝަން އަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

 

މި ޕާކުގެ މޯޝަން ގޭޓް ދުބާއީއަކީ “މޫވީ ބޭސްޑް ތީމް” ޕާކްއެކެވެ. އެތަނުން ފެނިގެންދާނެ ކަންތައްތަކަކީ ޑްރީމްވޯކްސް އެނިމޭޝަން، ސޮނީ ޕިކްޗަރސް ސްޓޫޑިއޯސް އަދި ލަޔަންސްގޭޓް ކުންފުނިން އުފައްދާފައިވާ މޮޅެތި އަދި މަޝްހޫރު ފިލްމްތަކުން ހާއްސަ ކުރެވިގެންނެވެ.

މީގެ އިތުރުން ބޮލީވުޑް ޕާކުގައި ވަރަށް ގިނަ ލައިވް މުނިފޫހިފިލުވުމުގެ ކަންތައްތައް ފެނިގެންދާނެއެވެ. އޭގެ އިތުރުން އެތަނުގައި ތާޖްމެހެލްގެ ނާމޫނާއެއްގޮތައް ދައްކުވައިދޭ ތިއޭޓަރއެއްވެސް ހިމެނޭނެއެވެ. އަދި ލެގޮލޭންޑް ދުބާއީ އަކީ ލެގޮލޭންޑުގެ 7 ވަނައަށް އެޅިގެންދާނެ ޕާކުއެވެ. އެތަން ވެގެންދާނީ ކުޑަކުދިންނަށް ހާއްސަކުރެވިގެން މަޖާ އަދި އެޑްވެންޗަރަސް ޕާކްއަކަށް ކަމަށް އެތަނުގެ އޮފިޝަލުން ހާމަކުރެއެވެ.

މި ޕާކުގެ މަސައްކަތް އެއްކޮށް ނިމި ހުޅުވޭވަރުވަނީ މި އަހަރުގެ އޮކްޓޫބަރު މަހު ކަމަށް ދުބާއީ ޕާކްސް އެންޑް ރިސޯޓްސްއިން ލަފާކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355