twitterviber whatsapp telegramfacebookyoutube instagram
17th October 2019

ދިރާގުން ސެމްސަންގް އެސް7 އަދި އެސް7 އެޖް ރާއްޖޭގެ މާކެޓަށް ނެރެފި

Mar 20, 2016

ދިރާގުން ސެމްސަންގް އެސް7 އަދި އެސް7 އެޖް ގެ ފޯން ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

ސެމްސަންގް އެސް7 އާއި އެސް7 އެޖް ނެރެދެއްވީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އަދި ސެމްސަންގް ކުންފުނީގެ ސްރީ ލަންކާ އޮޕަރޭޝަންސްގެ މެނޭޖިންގ ޑައިރެކްޓަރ ޔަންގްމިން ޝިން އެވެ.

ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި އެކު ރަސްމީކޮށް ރާއްޖޭގައި ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައި ވާއިރު މި ފޯނުތަކަކީ ދިރާގުގެ ނެޓްވޯކުގައި ޓެސްޓް ކުރެވި ރަސްމީކޮށް އެންޑޯސްކުރެވިފައިވާ ފޯން ސީރީސްއެއްކަމުގައިވެސް ދިރާގުން ބުނެ އެވެ.

އެގޮތުން ދިރާގުން އެސް7 އަދި އެސް7 އެޖް ގެ ފޯނުތައް އެކުންފުނިން ހުޅުވާލި ޕްރީ އޯޑަރު ދިނުމުގެ ފުރުސަތުގައި ޕްރީ އޯޑަރު ދިން ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް މިހާރު ވަނީ ފޯނުތައް ހަވާލުކޮށްފަ އެވެ. އަދި އެކަސްޓަމަރުންގެ މެދުގައި ނެގި ގުރުއަތަކުން ހޮވުނު ނަސީބުވެރި 8 ފަރާތަކަށް ފޯނާއެކު ސެމްސަންގް ގިއަރ ވީއާރް ޑިވައިސް އެއް މުޅިން ހިލޭ ވަނީ ދީފަ އެވެ.

އެސް ސެވަންގެ ފޯނު ތަކަކީ ގިނަ ވަގުތު ބެޓެރި ހިފަހައްޓާ، ވޯޓާ ޕްރޫފް ފޯނުތަކެކެވެ. އެ ދެ ފޯނު ވެސް ވަޔަލެސްކޮށް ޗާޖު ކުރެވޭ އިރު ފޯނު އޮން ކުރުމަކާ ނުލައި، އަބަދުވެސް ގަޑިއާ ކަލަންޑަރު އަދި މުހިންމު ނޮޓިފިކޭޝަންތައް ސްކްރީނުން ފެންނަން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355