twitterviber whatsapp telegramfacebookyoutube instagram
17th October 2019

ދިރާގުން ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސްމާޓް ހޯމް” ތައާރަފްކޮށްފި

Apr 5, 2016

ގޭގައި ބޭނުންކުރާ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިރިއުޅުން ލުއިފަސޭހަކޮށްދޭ “ސްމާޓް ހޯމް”ގެ ހިދުމަތް، ޕެކޭޖް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރާގުން ތައާރަފްކޮށްފި އެވެ.

މިހިދުމަތުގެ އެހީގައި ސަމާރޓް މޯބައިލް ފޯނެއް، ޓެބްލެޓެއް ނުވަތަ އެނޫންވެސް ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް ގޭތެރޭގައި ބޭނުން ކުރާ ތަފާތު އިލެކްޓްރޯނިކް ތަކެތި ކޮންޓްރޯލް ކުރުމުގެ ބާރު ކަސްޓަމަރުންގެ އަތަށް ގެނެސްދޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެގޮތުން އެ ކަސްޓަމަރެއްގެ ސްމާޓް ޑިވައިސް އަށް އަޅައިދެވޭ އެޕްލިކޭޝަނެއް މެދުވެރިކޮށް ގޭތެރޭގައި ބޭނުން ކުރެވޭ ލައިޓު، އޭސީ، ދޮރުފޮތި، ސާވެއިލަންސް ސިސްޓަމް އަދި ޓީވީ ފަދަ ތަފާތު ވަސީލަތްތައް ފޯނަށް ފިތާލާ ފިތާލުމަކުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ، ‘މިކަން ކުރުމަށް ކޮންމެހެން ގޭތެރޭގައި ހުންނާކަށް ނުޖެހޭނެ ކަމަށާއި ގެއިން ބޭރުގައި ހުންނަ ވަގުތުތަކުގައިވެސް ގޭތެރޭގައި ހުންނަ މި ފަދަ ވަސީލަތްތަށް ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ މި ހިދުމަތައް އެދުމުން ދިރާގުގެ ބްރޯޑްބޭންޑް ކަނެކްޝަނެއް ހުރި ކޮންމެ ތަނެއްގައި އެ ބޭފުޅަކު ނަންގަވާ ޕެކޭޖެއްގައި އެކުލެވޭ އެކި ޑިވައިސްތައް އެ ކަސްޓަމަރެއްގެ ގޭގައި ސެޓަޕް ހަދައިދިނުމުގެ ހިދުމަތްވެސް ދިރާގުން ފޯރުކޮށްދޭނެ ކަމަށެވެ.

ފަސް ޕެކޭޖެއް ހިމެނޭ ގޮތައް ކަސްޓަމަރުންނަށް މި ހިދުމަތް ފޯރުކޮށްދެވޭ އިރު ކޮންމް ޕެކޭޖަކީ، 6 މަސް ދުވަސް، 12 މަސް ދުވަސް، އަދި 18 މަސް ދުވަހަށް ބަހާލައިގެން ލާރި ދެއްކުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ޕެކޭޖްތަކެއް ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ. އެގޮތުން މި ހިދުމަތުގައި ހިމެނޭ ޕެކޭޖުތަކަކީ، ސްމާޓް ހޯމް ބޭސިކް، ސްމާޓް ހޯމް ސްޓޭންޑަޑް، ސްމާޓް ހޯމް ޕްލަސް، ސްމާޓް ހޯމް ޕްރިމިއަމް، އަދި ހޯމް ސެކިއުރިޓީ ކިޓެވެ.

މި ހިދުމަތް ލޯންޗްކުރުމަށް ފަހު ވާހަކަ ދައްކަވަމުން ދިރާގު މާކެޓިންގ މެނޭޖަރ، ބްރޯޑްބޭންޑް އެންޑް ޑާޓާ ސާވިސަސް މުހަންމަދު ފާހިރު ވިދާޅުވީ، “މި ހިދުމަތަކީ މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުންކުރެވެމުންދާ މަޤްބޫލު ހިދުމަތެއް ކަމަށާއި މި ހިދުމަތް ލިބިގަތުމަށް ހުރިހާ ޑިވައިސް ތަކަކީ ސްމާޓް ޑިވައިސް ތަކަކަށް ވާކަށް ނުޖެހޭނެއެވެ. އަދި ސްމާޓް ނޫން އާދައިގެ ބޮތްކެއްވެސް މި ހިދުމަތުގެ އެހީގައި ‘ސްމާޓް’ ކޮށްދެވޭނެ ކަމަށް ފާރިހު ވިދާޅުވިއެވެ.

މި ހިދުމަތް ދިރާގުން 2015 ވަނަ އަހަރުގެ ކަނެކްޓް ފެއަރގައި ކަސްޓަމަރުންނަށް ދައްކާލާފައިވާއިރު މި ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭ ޑިވައިސްތަކަކީ، ޗައިނާގެ ސްމާޓް ހޯމް އޮޓޮމޭޝަންގެ ހިދުމަތަށް ޙާއްސަ ކުންފުންޏެއް ކަމަށްވާ ބްރޯޑްލިންކް ކުންފުނީގެ ޑިވައިސްތަކެއް ކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355